22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އުރީދޫ މޯލްޑިވްސް

އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި

  • އުރީދޫއިން ވަނީ ސްޕީޑް ޓަރބޯ ޕްލޭންސް ތަޢާރަފްކޮށްފައި
  • އަދި ސުޕަރނެޓް ސޭވާ ޕްލޭން ވެސް މީގެ ދަށުން ހިމެނޭ
ރިޒުނާ ޒަރީރު | RiznaZareer

| 21 މާރޗް 2019 | ބުރާސްފަތި 17:23 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- އުރީދޫ

އުރީދޫގެ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މުޅިން އައު ދެ ޚިދުމަތްތަކެއް އުރީދޫ އިން ތަޢާރަފްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އުރީދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ވަނީ ސުޕަރނެޓް ސޭވާ ޕްލޭން އާއި ސްޕީޑް ޓަރބޯ ޕްލޭންސް ތަޢާރަފްކޮށްފައެވެ.

އުރީދޫ އިން މިއަދު ތައާރަފްކޮށްފައިވާ ހަ މަސް ނުވަތަ 12 މަސް ދުވަހުގެ ސުޕަނެޓް ސޭވަރ ޕްލޭން މެދުވެރިކޮށް ވަރަށް ފުރިހަމަ ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި 12 މަހުގެ ޕްލޭނާ އެކު، އިތުރު ދެ މަހުގެ ކަނެކްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްލޭނުގު ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މަސްދުވަހުގެ ތެރޭގައި ބޭނުން ނުކުރެވި ބާކީވާ ޑޭޓާ އެލަވަންސް، މުޅި ޕެކޭޖުގެ މުއްދަތު ނިމެންދެން ބޭނުންކުރެވޭނެއެވެ. މި ޚިދުމަތުގެ އެންމެ ފަސޭހަ ކަމަކީ މި ޕްލޭންތަކާ އެކު މަހުން މަހަށް ބިލް ދެއްކުމުގެ ދަތިކަން ހައްލުވެގެންދާނެތީ ކަމަށް އުރީދޫ އިން ބުންޏެވެ.

ސުޕަރނެޓް ސޭވަރ 10 އެމް ސިލްވަރ 50 ޖީބީއާ އެކު ހަ މަހުގެ ޕްލޭންއަކަށް 2,970 ދައްކަންޖެހޭއިރު، 12 މަހަށް ދައްކަން ޖެހޭނީ 5,460ރ. އެވެ.

ސުޕަރނެޓް ސޭވަރ 10 އެމް ޕްލެޓިނަމް، 150 ޖީބީއާއި އެކު ހަ މަހުގެ ޕްލޭން 5,460ރ. އަށް ލިބޭއިރު 12 މަހަށް ދައްކަން ޖެހޭނީ 10,488ރ. އެވެ. އަދި ސުޕަރނެޓް ސޭވަރ 10 އެމް ޕްލެޓިނަމް، 400 ޖީބީއަށް ހަ މަސް ދުވަހަށް 9,960ރ. އަށް ލިބޭއިރު 12 މަސްދުވަހަށް މި ޕްލޭންގެ ދަށުން ދައްކަން ޖެހޭނީ 18,480ރ. އެވެ. މިއިން ކޮންމެ ޕްލޭނަކާ އެކުވެސް 12 މަހަށް އެއް ފަހަރާ ފައިސާ ދައްކާއިރު 2 މަސް ދުވަސް ހިލޭ ލިބިގެންދާނެ ކަމަށް އުރިދޫއިން ބުންޏެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ، ބްރޯޑްބޭންޑް ޕެކޭޖުތަކުގެ ސްޕީޑް އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ ތައާރަފްކޮށްފައެވެ.

މިހާރު ކަސްޓަމަރުން ނަގާފައިވާ ޕެކޭޖުގެ ސްޕީޑަށް ވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި މި ޚާއްސަ ޕެކް އެކްޓިވޭޓްކުރުމާއި އެކު، 48 ގަޑިއިރާ ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެއެވެ. މިގޮތުން، ދެ އެމްބީޕީއެސްގެ ޕެކޭޖެއް ބޭނުންކުރާ ކަސްޓަމަރެއް ވެސް، ޓާރބޯ 50 ގެ ޕްލޭނެއް ނެގުމުން، 48 ގަޑިއިރަށް 50 އެމްބީއެސްގެ އިންޓަނެޓް ސްޕީޑު ބޭނުންކުރެވޭނެއެވެ. އަދި މި ޕްލޭންގެ ދަށުން ސުޕަރނެޓް ޓަރބޯ 20 އެމްބީއެސް އިންޓަނެޓް ސްޕީޑް 95.00ރ. އަށް ލިބޭއިރު މިއީ 10 ޖީބީ، 24 ގަޑިއިރަށެވެ.

އެހެންކަމުން މި ޙިދުމަތަށް ބޭނުންވާ ކަސްޓަމަރުން މިހާރު ވެސް އުރީދޫގެ އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް މިޙިދުމަތް ހޯދޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފާތިމަތު ރިފޫ

1 މަސްކުރި

މުއްސަދިންނަށް ފަހި ގޮތެއް ދޯ. ޢާންމު ރައްޔިތުމީހާ އަށް މީގެން ވާނެ އެއްވެސް މަންފާއެއް ނުފެނޭ... ..

1
0