17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

އޭއެފްސީ ކަޕް

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

 • ކަންދިމާކުރިގޮތުން ނިންމާލަން ޖެހުނީ މެޗު އެއްވަރުވެގެން: ފެސްކޯ
 • ގޯސްތައް ހެދުނީ ތައްޔާރުވާންޖެހޭ ވަރަށް މެޗަށް ތައްޔާރުނުވެވުން: ފެސްކޯ
 • ކުޅުންތެރިން އެދެއްކި ކުޅުމަށް އޭނާ ސާބަސްދެން: ފެސްކޯ
ލީވާން އަލީ | MrLeevaan

| 22 ފެބުރުވަރީ 2017 | ބުދަ 01:52 | |

މަގުބޫލް

 1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
 2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
 3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
 4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
 5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
 6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
 7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
 8. ފެނަކަ އެމްޑީއަކަށް ސައީދު


ވެލެންސިއާގެ ކޯޗު ފެސްކޯ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މޯހަން ބާގަން އަތުން ވެލެންސިއާ އަށް ލިބުނީ އުންމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި، އެ މެޗުން ވެލެންސިއާ އަށް ތިން ޕޮއިންޓް ހައްގު ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފެސްކޯ ބުނީ މެޗަށް ނިކުތްއިރުވެސް އުންމީދުކުރީ ވެލެންސިއާ އިން މޯހަން ބާގަންގެ މައްޗަށް ކުރިހޯދާނެ ކަމަށް ކަމަށާއި، އެހެންނަމަވެސް ކަންދިމާކުރިގޮތުން ނިންމާލަން ޖެހުނީ މެޗު އެއްވަރުވެގެން ކަމަށެވެ.

ފެސްކޯ ބުނީ ވެލެންސިއާ އިން ކުރި މަސައްކަތާ އަޅާބަލާއިރު، މެޗުން މޮޅުވުން ހައްގު ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ވެލެންސިއާގެ ފަރާތުން ގޯސްތަކެއް ހެދުނު ކަމަށް ގަބޫލުކުރާ ކަމަށާއި، އެ ގޯސްތައް ހެދުނީ ތައްޔާރުވާންޖެހޭ ވަރަށް މެޗަށް ތައްޔާރުނުވެވުން ކަމަށެވެ.

ކުޅެން ޖެހޭ ފޯމޭޝަނާ ސްޓްރަކްޗާ މެޗަށް އަރާފަހުން ހަލާކުވާކަން ފާހަގަކުރަމުން ފެސްކޯ ބުނީ އެކަން އެގޮތަށް މެދުވެރިވަނީ ކުޅުންތެރިޔާގެ އެވަރަށް ސްޓްރެންތް ނެތުމުން ކަމަށެވެ. އެހެންނަމަވެސް ފެސްކޯ ބުނީ ކުޅުންތެރިން އެދެއްކި ކުޅުމަށް އޭނާ ސާބަސްދޭކަމަށެވެ.

މީގެއިތުރުން ފެސްކޯ ބުނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ކުރިން 80 އިންސައްތަ އޮތް ނަމަވެސް ރާއްޖޭގައި މޯހަން ބާގަން އަތުން އެއްވަރުވުމާއެކު، މިހާރު އޮތީ އެންމެ 50 އިންސައްތަ ކަމަށެވެ. އެގޮތުން އޭނާ ބުނީ ދެވަނަ ލެގުގައި އިންޑިއާގައި މޯހަންބާގަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުންތެރިން ދައްކަންޖެހޭ ކުޅުން ތިން ގުނަ އިތުރުވާނެ ކަމަށާއި، އެ ހިތްވަރު ވެލެންސިއާ އަށް ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް