19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މާލޭ ލިގު

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

  • ފުޓުބޯޅަ ސީޒަން މި މަހުގެ 16 ވަނަ ދުވަހު ވަނީ ފަށާފަ
  • މެޗު ފަސްކުރީ ޕްލޭއޮފް މެޗަށް ވެލެންސިއާ އިންޑިއާއަށް ފުރަންޖެހުމުން
ލީވާން އަލީ | MrLeevaan

| 22 ފެބުރުވަރީ 2017 | ބުދަ 01:48 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


އެފްއޭއެމް -- ވީނިއުސް

މާލޭ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗު ފަސްކޮށްފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އެ ދެޓީމް ބައްދަލުކުރާ މެޗު ފަސްކޮށްފައިވާ ކަމަށާއި، އެ ދެޓީމު ބައްދަލުކުރާ މެޗުގެ ތާރީހު ކުރިޔަށް އޮތް ދުވަސްތަކުގައި އިއުލާންކުރާނެ ކަމަށެވެ.

މީގެއިތުރުން އެފްއޭއެމް އިން ބުނީ އެގޮތަށް މެޗު ފަސްކުރީ އޭއެފްސީ ކަޕް ޕްލޭއޮފް ސްޓޭޖުގެ ދެ ވަނަ ލެގުގައި އިންޑިއާގެ މޯހަން ބާގަންއާ ދެކޮޅަށް ކުޅެން ވެލެންސިއާ އަންނަ ހުކުރު ދުވަހު އިންޑިއާއަށް ފުރަން ތާވަލުކޮށްފައިވާތީ ކަމަށެވެ.

އޭއެފްސީ ކަޕްގައި ވެލއެންސިއާ އަދި މޯހަން ބާގަން ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-1 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ. އެގޮތުން ދެވަނަ ލެގުގެ މެޗު އެޓީމުން އެއް ލަނޑުގެ ތަފާތުން ކާމިޔާބުކުރަން ޖެހޭނެއެވެ.

ވެލެންސިއާ ޕްލޭއޮފުން ޖާގަ ހޯދީ ބޫޓާންގެ ތިމްޕޫ އެފްސީ 0-3 ގެ އެގްރިގޭޓް ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން މި މަހުގެ 16 ވަނަ ދުވަހު ފަށާފައިވާއިރު، ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެހެންނަމަވެސް ކުރީ އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް މިނިވަން ޗެމްޕިއަންޝިޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފޯމެޓަށް އެއްވެސް ބަދަލެއް ނުގެނެސް މި ފަހަރު ބާއްވާ މުބާރާތް އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ބާއްވާއިރު، މި ފަހަރު މުބާރާތް ކުރިޔަށް ދާނީ ދެބުރަކަށެވެ. އެގޮތުން ފުރަތަމަ ބުރު މާލޭގައި ކުރިޔަށް ދާއިރު، ދެވަނަ ބުރު ކުރިޔަށް ދާނީ އަތޮޅު ތެރޭގައެވެ.

މާލޭގައި ކުރިޔަށް ދާ ބުރުގައި ހުރިހާ ޒޯން ޗެމްޕިއަނެއްގެ މެދުގައި ޒޯން ލީގު ބުރެއް ކުޅޭއިރު، ޕްރިމިއާ ލީގަށް ކޮލިފައިވާނީ ޒޯން ލީގު ބުރުގެ އެންމެ ގަދަ ހަތަރު ޓީމެވެ. އެގޮތުން މިފަހަރު މި މުބާރާތް ކުރިއަށްވުރެ ދިގު ދެމިގެންދާނެއެވެ

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް