22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އީވާ އަބްދުﷲ

ބަސް ބުނުމުގެ ފުރުސަތު އޮންނަ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ: އީވާ

  • އަންހެނުންނަށް މަދުވެގެން 50 އިންސައްތަ ލިބެންޖެހޭ ކަމަށް ވިދާޅުވި
ލައިޝާ އަހްމަދު | LailaAhmeds

| 20 މާރޗް 2019 | ބުދަ 14:21 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އީވާ އަބްދުﷲ ރާއްޖެޓީވީގެ ''ފަށާއިރު'' ޕްރޮގްރާމްގައި -- ރާއްޖެއެމްވީ

ބަސް ބުނުމުގެ ފުރުސަތު އޮންނަ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ، 

ބުދަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، މަޖިލީހުގައި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ލިބެންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ބަސް ބުނުމުގެ ފުރުސަތު އޮންނަ ހުރިހާ ދާއިރާއެއްގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

" އަންހެނުން ސިޔާސަތުތައް އެކުލަވާލުމުގައާ، އަދި މަޤާމުތަކަށް ގެނައުމުގައި، ޤައުމު ހިންގުމުގައި، ޤައުމުގެ ބަސް ބުނުމުގެ ފުރުސަތު އޮންނަ ކޮންމެ ދިމާލަކަށް އަންހެނުން ވީ ވަރަކަށް ހަމަ ގެނެވޭތޯ ބަލަން، އެއީ ހަމަ ވަރަށް އަޅުގަނޑު ބޭނުންވާ ކަމެއް، ދެކެން ބޭނުންވާ ކަމެއް، ރައްޔިިތުންގެ މަޖިލީހުގެ އާބާދީއަކީ 50 ޕަސެންޓް ފިރިހެނުންނަށް ވާތީވެ ރައްޔިތުންގެ މަޖިލީހުގަ ހަމަ 50 އިިންސައްތަ އަންހެނުން ތިބެންޖެހޭ، މަދުވެގެން 50 އިންސައްތަ ތިބެން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން،" އީވާ ވިދާޅުވިއެވެ. 

އީވާ ވިދާޅުވީ، އަންހެނުންނަށް އަމިއްލަ މަސައްކަތާއި އަމިއްލަ ބާރުގައި ކަންކަމުގައި ފައިތިލަ ސާބިތު ކުރެެވޭވަރު ވަންދެން މަޖިލީހުގެ ކޯޓާ ސިސްޓަމެއް ހަމަޖައްސަން ޖެހޭ ކަމަށާއި، އެކަން ހާސިލުވުމުން ކޯޓާ ސިސްޓަމް އުވާލެވިދާނެ ކަމަށެވެ. އަދި މަޖިލީހާއި އެހެން ދާއިރާތަަކަށް ނުކުންނަ އަންހެނުންނަށް ކޯޓާ ހަމަޖެއްސުމުގައި އިންތިހާބީ ޤާނޫނަށް ބަދަލު ގެނައިސް، އިލެކްޝަންސް ކޮމިޝަނުން މުހިއްމު ރޯލެއް އަދާ ކުރަންޖެހޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.  

މި ޕްރޮގްރާމްގައި އީވާ ވަނީ އެޖެންޑާ 19 އަށްވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އީވާ ވިދާޅުވީ، އެމްޑީޕީއަކީ ރޭވިގެން ހިންގޭ ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީއެއް ކަމަށާއި، އެޖެންޑާ 19 ގެ ދަށުން އެމްޑީޕީން ވެފައިވާ ވައުުދުތައް ފުއްދަވާނެ ކަަމަށެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް