22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ޕައުލޯ ޑިބާލާ

ލިވަޕޫލުން ޑިބާލާ ހޯދުމަށް މަސައްކަތް ކުރަނީ

  • ޑިބާލާގެ އެއްބަސްވުން ހަމަވާނީ 2022 ގައި
ލީވާން އަލީ | MrLeevaan

| 20 މާރޗް 2019 | ބުދަ 14:07 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޕައުލޯ ޑިބާލާ -- ގެޓީ އިމޭޖާސް

ލިވަޕޫލުން ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ވިންގާ ޕައުލޯ ޑިބާލާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 25 އަހަރުގެ ޑިބާލާއަށް ލިވަޕޫލުން ޝައުގުވެރިވެއެވެ. އެގޮތުން އޭނާ ހޯދުމަށް އެޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުން މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ދަ ސަން އިން ބުނީ ޑިބާލާ ހޯދުމަށް ރެއާލް މެޑްރިޑުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ ކްލަބުން އޭނާއަށް 90 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލް އާއި ރެއާލްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ޑިބާލާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ ވެސް ހިމެނެއެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޑިބާލާ ބޭނުން ވަނީ ޔުވަންޓަސްގައި މަޑުކޮށް، އެ ކްލަބާ އެކު ކާމިޔާބީތައް ހޯދުމަށެވެ. އެ ގޮތުން އޭނާގެ އެއްބަސްވުމާ އެއް ގޮތަށް 2022 ވަނަ އަހަރުގެ ނިޔަލަށް ކްލަބްގައި މަޑުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު އުމުރުން 24 އަހަރުގެ ޑިބާލާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ވެސް ހިމެނެއެވެ.

ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 175 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކްލަބާ އެކު ތިން އިޓާލިއަން ލީގު، ތިން ކޮޕާ އިޓަލިއާ އަދި އެއް ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 18 މެޗު ކުޅެފައިވާ ޑިބާލާ ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ކޮޕާ އިޓަލިއާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ލޮލް

1 މަސްކުރި

ޑިބާލާ ސްޕެނިޝް ސުޕަރކަޕް ކާމިޔާބުކުރީ ކޮން ކުލަބެއްގަ ހުރެގެންކަން ބުނެލާފައިންނަމަ ސަޅިވާނެ...

0
0