22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރިޔާސީ ކޮމިޝަން

ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު

  • ބޭރުގެ ތަޖްރިބާކާރުންގެ އެހީއާ އެކު ކޮމިޝަނުން 27 މައްސަލައެއް އަންނަނީ ބަަލަމުން
  • މައްސލަަތައް ނުފޮނުވެނީ ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ނުލިބި އޮތުމުގެ ސަބަބުން
ހައްވާ މުހައްމަދު | @hawwimd

| 20 މާރޗް 2019 | ބުދަ 13:04 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު -- ރައީސް އޮފީސް

ބޮޑެތި ބައެއް މައްސަލަތައް ނިމިފައިވާ ކަމަށާއި، ނަމަވެސް ދައުވާ ކުރަން ފޮނުވެން ނެތް ކަމަށް މަރުތަކުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ބޭރުގެ ތަޖްރިބާކާރުންގެ އެހީއާ އެކު އެ ކޮމިޝަނުން 27 މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ބޮޑެތި ބައެއް މައްސަލަ މިހާރު ބަލައި ނިމިފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތަފްސީލް ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ސުއޫދު ވިދާޅުވީ މައްސަލަތައް ބަލައި ނިމުނު ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ނުލިބި އޮތުމުގެ ސަބަބުން، އެއިން އެއްވެސް މައްސަލައެއް ދައުވާކުރަން ފޮނުވެން ނެތް ކަމަށެވެ.

ސުއޫދު ވިދާޅުވީ ޖިނާއީ މައްސަލަތައް ދައުވާކުރަން ފޮނުވެން ނެތީ ޖިނާއީ އިޖްރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން ކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ކޯޓްތަކަށް ހުށަހެޅޭނީ ގާނޫނަކުން ތަހްގީގުކުރުމުގެ ބާރު ދީފައި އޮންނަ އިދާރާއަކަށް ދީފައިވާ ބަޔާން ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޝަނުން ނިންމާފައިވާ މައްސަލަތައް އަވަސް ސްޕީޑްގައި ދައުވާކުރަން ފޮނުވަން ބޭނުން ނަމަ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު އަވަހަށް ލިބެންޖެހޭކަން ސުއޫދު ފާހަގަކުރެއްވިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ތިން ފަހަރު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ހަތަރު ވަނަ ފަހަރު އެ މައްސަލަވަނީ އެޖެންޑާ އިން ނަގާފައެވެ. މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ އެޖެންޑާ އިން ނަގަމުން ވިދާޅުވެފައި ވަނީ، ބިލް ދިރާސާކުރި ކޮމިޓީން ނުހިމަނައި ކަންތައްތަކެއް ކޮމިޓީގެ ރިޕޯޓްގައި ހިމަނާފައި އޮތުމުން ކަމަށް ބުނެއެވެ.

މިހާރު ބިލް އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ. ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ އަންނަ މަހު 15 ގެ ކުރިން ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއި ވަގަށް ނޫސްވެރިޔާ އަހުމަދު ރިލްވާނު ވަގަށް ނަގާފައިވާ މައްސަލަ ހިމެނެއެވެ.

ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ ،ކޮމިޝަންގެ އަމާޒަކީ ތިން މަހުގެ ތެރޭގައި މައްސަލަތައް ބަލައި ނިންމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދަނީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް