22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ފެނަކަ ކޯޕަރޭޝަން

ކުންފުނީގެ ތިޖޫރީން 380،000ރ. ގެއްލުނު: ފެނަކަ

  • ކުންފުނީގެ ތެރޭގައި ހިޔާނާތާއި އޮޅުވާލުމުގެ ބޮޑެތި ކަންކަން ވަނީ ހިނގާފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 މާރޗް 2019 | ބުދަ 13:03 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކަ ކޯޕަރޭޝަން ހާޒިރު ކޮށްފައި -- ފޮޓޯ: ރާއްޖެ އެމްވީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުންފުނީގެ ތިޖޫރީން 380،000ރ. ގެއްލުނު ކަމަށާއި އެ މައްސަލައިގައި ކުންފުނީގެ މުއައްޒަފަކު ވަކިކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. 

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކަ ކޯޕަރޭޝަން ހާޒިރުކުރުމުން އެ ކޮމެޓީގައި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ކުންފުނީގެ ތެރޭގައި ހިޔާނާތާއި އޮޅުވާލުމުގެ ބޮޑެތި ކަންކަން ހިންގާފައިވާ ކަމަށާއި 380،000ރ. ތިޖޫރީ އިން ގެއްލިގެން ތަހުގީގު ކުރުމަށް ފަހު މީހަކު ވަކިކޮށްފައިވާ ކަމަށެވެ.

ރަށްރަށުގެ އިންޖީނުގެއަށް ފޮނުވާ ތެޔޮ ގެއްލިފައި ވެސް ހުރި ކަމަށާއި އޭގެ ތެރޭގައި "ލައްކައިން ލައްކައިން ތެޔޮ މަދު ވެފައިވާ" ކަމަށެވެ. އަދި ރަށެއްގެ ހުރިހާ ކަރަންޓް ބިލެއް އެންމެ ތިން މުއައްޒަފުން ވެގެން ބަދަލުކޮށްފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ  އެ މީހުން ކުންފުނީގައި ބަހައްޓައިފި ނަމަަ ފެނަކައިގެ ވެރިން ވެސް ކުށްވެރިވާނެ ކަމަށެވެ. 

"އަޅުގަނޑުމެން މީގެ ތެރެއިން މުއައްޒަފުން ގެންގުޅެފިއްޔާ އަޅުގަނޑުމެންނާއި ދޭތެރޭ ވެސް ފިޔަވަޅު އެޅިދާނެ މީހުން ކަމަށް އަޅުގަނޑު ދެކެނީ އިނގޭތޯ، ވަކި  ވަކި މީހުންގެ ނަންތައް މިތާ ހާމަކުރުން ރަނގަޅެއް ނުވާނެ އެހެން ނަމަވެސް ވަކިން އަޅުގަނޑުމެން މައުލޫމާތު ދީފާނަން،" ވަހީދު ވިދާޅުވިއެވެ. 

ވަހީދު ވިދާޅުވީ ފެނަކައިގެ ގިނަ މައްސަލަ ތަކެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ފެނަކައަށް ވަނީ 170 މުއައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވައްދާފައެވެ.މެނޭޖިން ޑިރެކްޓަރަކަށް ސައީދު ވަޑައިގެންނެވުމަށް ފަހު ފެނަކައިގެ ޚާއްސަ ތަހުގީގެއް ފަށާފައެވެ. މާލީ ގޮތުން ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން 14 ރީޖަނަލް އޮފީސްތައް ބަންދު ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އަހަރެއްގެ މައްޗައް 14 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް