22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އިސްލާމިކް މިނިސްޓަރު

ހުތުބާ، އިޝާރާތުން ތަރުޖަމާ ކުރެވޭ ގޮތް ހަދަނީ

  • ކޮންމެ މަހަކު ދީން އުނގަންނައި ދިނުމުގެ ދެ ޝެޝަނެއް ކުރިއަށް ގެންދެވޭނެ: މިނިސްޓަރު
އަލީ ސަމާޚް | AliSamah8

| 20 މާރޗް 2019 | ބުދަ 03:42 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު -- ރައީސް އޮފީސް

އިވުމުން މަހުރޫމްވެފައިވާ ފަރާތްތަތަކަށް ހުކުރު ހުތުބާ, އިޝާރާތުން ތަރުޖަމާ ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.  

މިނިސްޓަރު މިހެން ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، ސައިން ލެންގުއޭޖް ބޭނުންކޮށްގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހެން މީހުންނާއި ތަފާތު ކަމެއް ނެތި މިހާރު ވެސް ކިޔަވައިދެމުން އަންނަ ކަމަށާއި، އެފަދަ ފަރާތްތަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި ތައުލީމް ހާސިލްކޮށް އުގެނުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމީޔަތު ކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.

'' އިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް އިރާދަކުރެއްވިއްޔާ ﷲގެ ވާގިފުޅާއެކު ކޮންމެ މަހަކު ދީން އުގަންނައި ދިނުމުގެ، ދީނީ ކަންތައްތައް އޮޅުން ފިލުވައި ދިނުމުގެ ދެ ޝެޝަނެއް ކުރިޔަށް ގެންދެވޭނެ. އަދި ދީނީ ޝެޝަންތައް ކުރިޔަށް ގެންދިޔުމަށް ފަހު އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެކުދިންނަށް ހުތުބާ ހަމަ ސައިން ލެންގުއޭޖުން ތަރުޖަމާ ކުރެވޭނެ. އެ ކުދިން މިސްކިތައް ވަޑައިގެން ހުތުބާ އަޑު އަހާލުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ އެކުދިންނަށް ފަހިވެގެންދާނެ.'' ޑރ. ޒާހިރު ވިދާޅުވިއެވެ.  

މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދައްކަމުން ޒާހިރު ވިދާޅުވީ، އިވުމާއި ފެނުމުން މަހްރޫމް ވެފައިވާ ކުދިންނަށް ހާއްސަ ކުރެވިފައިވާ އާލާތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އެ ކުދިންނަށް ކިޔަވައި ދިނުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި އެކަމަށް އިސްކަންދޭ ފަރާތްތަކުން ފުޅާދާއިރާއެއްގައި އެކަން ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފުރުސަތު ހުޅުވިފައި އޮތަސް މައިންބަފައިންނާއި ބެލެނިވެރިން އަދާކުރަން ޖެހޭ ދައުރު ބޮޑު ކަމަށެވެ. އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން ލޯތްބައި އޯގަތެރިކަމާ އެކު އުގަންނައި ދިނުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރެވެން ޖެހޭ ބަޔާކީ މައިންބަފައިން ކަމަށެވެ.

ދީނުގައި އެފަދަ ކަންތައް އޮންނަ ގޮތް ބަޔާން ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ގާބިލްކަން ހުރި މިންވަރު ބަލާފައި މުހިއްމު މަސްއޫލިއްޔަތުތަކެއް އަދާ ކުރެވިދާނެ ކަން އިސްލާމީ ތާރީހުން ފެންނަން އެ ބޮތް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އަންގާރަ ދުވަހު އިފްތިތާހު ކުރި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މައުލޫމާތު ދިނުމުގެ ސިޔާސަތާ އެއްގޮތަށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.

އެ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށް ކުރިއަށް ގެންދާ އަދި މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޚާއްސަ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ސަރުކާރުގެ ވަޒީރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް