19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އެލައިޑް އިންޝުއަރަންސް

ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

  • މިއީ އެލައިޑުން ފިލްމެއް ސްޕޮންސަރ ކުރި ފުރަތަމަ ފަހަރު
ރިޒުނާ ޒަރީރު | RiznaZareer

| 21 ފެބުރުވަރީ 2017 | އަންގާރަ 21:43 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


"ވިޝްކާ"ގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރންސްއިން ސޮއިކުރުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ޔާރާ ޕްރޮޑަކްޝަންސްގެ އެންމެ ފަހުގެ އުފެއްދުން "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައި، އެކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

އެލައިޑް ކޯޕަރޭޓް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފެވެ. އަދި ޔާރާ ޕްރޮޑަކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އައިޝަތު ރިޝްމީއެވެ.

 

ޔާރާ ޕްރޮޑަކްޝަންސް އިން ބުނި ގޮތުގައިރިޝްމީ ޕްރޮޑިއުސްކޮށް، ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ "ވިޝްކާ"އަކީ ހަގީގަތާ އެއްގޮތް މަންޒަރުތަކެއް ހިމަނައިގެން ގެނެސްދޭ ތަފާތު ފިލްމެކެވެ. އެގޮތުން ފިލްމް މެދުވެރިކޮށް މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންކަމާ މެދު އާންމުން ހޭލުންތެރިކުރުމަކީ ފިލްމްގެ އެއް އަމާޒެވެ.

 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން މާކެޓިންގް މެނޭޖަރ ނިއުޝާދު ވިދާޅުވީ، އެކުންފުނިން މިފިލްމް ސްޕޮންސަރކޮށް އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ނިންމި މައިޑަނޑު ސަބަބަކީ އަންހެނުން ބާރުވެރިކުރުމަށް އެލައިޑުން ހިއްސާވާ މިންވަރު އިތުރުކުރުން ކަމަށެވެ.

 

އެގޮތުން މިފިލްމް މެދުވެރިކޮށް އަންހެން ބޭކަނބަލުންނަށް ހާއްސަކޮށްގެން އެލައިޑުން މިދިޔަ އަހަރު ތައާރަފު ކުރި "ކަމަނަ" އިންޝުއަރަންސް ޕްރޮމޯޓް ކުރުމަށް ހަމަޖެހިފައިވާކަން ނިއުޝާދު ފާހަގަ ކުރެއްވިއެވެ. އަދި މިފިލްމްގެ ލަނޑުދަނޑިތައް ހާސިލުވެ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ނިއުޝާދު ވިދާޅުވިއެވެ.

 

މިއީ އެލައިޑުން ފިލްމެއް ސްޕޮންސަރ ކުރި ފުރަތަމަ ފަހަރު އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް