22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި

  • ފުރުސަތު ހުޅުވާލާފައި ވަނީ 20 މާޗްގެ ނިޔަލަށް
އަލީ ސަމާޚް | AliSamah8

| 19 މާރޗް 2019 | އަންގާރަ 23:13 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ވޯޓު ގުނުމުގެ މަސައްކަތްކުރަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފިއެވެ. 

އިލެކްޝަން ކޮމިޝަނުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓަށް އިދާރީ އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ދިނުމަށް އީސީން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 87 ދާއިރާއަކަށް 383 ކެންޑިޑޭޓުން ވާދަކުރެއެވެ. މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައި ވެއެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހަކަށް ލިބެއެވެ.

އީސީން އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު، އޮފިޝަލުން ޓްރެއިން ކުރުމުގެ މަސައްކަތް މި މަހުގެ 23 ގައި ފަށާއިރު ރާއްޖެ އާއި ރިސޯޓްތަކާއި އަދި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ 4634 އޮފިޝަލުން ތަމްރީނު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި އެފަހަރުގެ އިންތިހާބުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑު ކުރަން އީސީން ވަނީ ފުލުހުންނާ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޖިލީހުގެ އިންތިހާބުގައި އީސީ އާއި ފުލުހުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ވޯޓު ފޮށިތައް އުފުލުމާއި ސަލާމަތީ ލޮޖިސްޓިކް މަސައްކަތްތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް