22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް 2019

ދުވާފަރު ރައްޔިތުންނަށް އެޖެންޑާ19 ކަށަވަރު ކޮށްދެނީ ގޯތި: ނަޝީދު

  • އަތޮޅުގެ ކައުންސިލް ދަށަށް އަތޮޅުގެ ރަށްތައް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި
ސިމާހާ ނަސީމް | sim_kamana

| 19 މާރޗް 2019 | އަންގާރަ 22:26 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ކުރީގެ ރައީސް ނަޝީދު ރ. ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވަހާކަ ދައްކަވަނީ -- އެމްޑީޕީ

ރ. ދުވާފަރުގެ ރައްޔިތުންނަށް އެޖެންޑާ 19 މެދުވެރިކޮށް ގޯތި ކަމަށަވަރު ވެގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި މިހާރު ދިރިއުޅެމުންދަނީ ކުރިން ރ. ކަނދޮޅުދޫގައި ދިރިއުޅެމުންދިޔަ ރައްޔިތުންނެވެ. ދެހާސްހަތަރު ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ސުނާމީ އަރާ ކަނދޮޅުދޫގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް އެ ރަށް ހަލާކުވެގެންދިޔައެވެ. އެއަށްފަހު އެ ރަށު ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ވަގުތީ ހިޔާގައެވެ. އޭގެ ފަހުން ރ. ދުވާފަރު ތަރައްޤީކޮށް ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރެވިގެންދިޔައެވެ.

މި ރަށު ރައްޔިތުންގެ މިހާރު ވެސް ކުރަމުންދަނީ އެންމެ ޝަކުވާއެކެވެ. އެއީ ފަޅު ރަށެއްގެ ގޮތުގައި މިހާރު އޮތް، ކަނދޮޅުދޫގައި ރަށްވެހިކަން އޮތުމާއި ބޯހިޔާވަހިކަމުގެ ފުރުސަތު ދުވާފަރުން ލިބެންނެތުމެވެ. 

ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ޖަލްސާގެ ތެރެއިން ރ. ދުވާފަރުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ އިން ފާހަގަވާ އައިޓަމަކީ ލާމަރުކަޒު ކުރުން ކަމަށެވެ. ރ. އަތޮޅަކީ ޤަދީމީ ރަށްތައް ގިނަ އަތޮޅެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ އަތޮޅަކީ މަސްވެރިކަން ޒަމާނުއްސުރެން ރަނގަޅު އަތޮޅެއް ކަމަށެވެ. ރ އަތޮޅުގެ މުއްސަނދިކަމަކީ ދުނިޔޭގެ ތާރީހުގައި ފެންނަން އޮތް ހަޤީޤަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތަރައްޤީގެ މަސައްކަތް ހިނގާނެ ބާރުވެރިކަމާއި ފައިސާ އެޖެންޑާ19 އިން ކަށަވަރުވެގެން ދާނެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދަތުރުފަތުރުކުރުމުގެ ނިޒާމުން ރިސޯޓުތަކާއި ރަށްތައް ގުޅުވައިދެވޭނެ ކަމަށެވެ.

މިހާރު ދުވާފަރަށް ބަލާލުމުން އެންމެ އުފާވާ ކަމަކީ ރަށުގައި މީހުން އިތުރަށް އާބާދުވެ އިޤްތިސާދު ބިނާވަމުން ދިޔުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ދުވާފަރަކީ ރ. އަތޮޅުގައި އޮތް "ވަރުގަދަ ރަށެއް" ކަމަށް ނަޝީދު ވިދާޅުވިއެވެ. ރ. އަތޮޅުގެ ކައުންސިލް ދަށަށް އެ އަތޮޅުގެ ރަށްތައް ބަދަލުކުރައްވާނެ ކަމަށް ވެސް ނަަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް