22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ބަލިމަޑުކަމެއް ފެތުރުން

ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި

  • ހުން އައިސްގެން ދުވާލަކު އެވްރެޖްކޮށް، 25-45 އާއި ދެމެދުގެ އަދަދަކަށް ޑޮކްޓަރަށް ދައްކާ
އާމިނަތު ނުޒުހާ | nuzu8121

| 19 މާރޗް 2019 | އަންގާރަ 21:39 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ގއ. އަތޮޅު ހޮސްޕިޓަލް -- އާކައިވް

މަދިރީގެ ސަބަބުން ޖެހޭ ޗިކުން ގުންޏާއާއި، ޑެންގީ އަދި ވައިރަލް ހުމެއް ފެތުރެމުންދާތީ  ވިލިނގިލީ ގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދު ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލި ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ، ތައުލީމީ މަރުކަޒު ބަންދުކުރީ، މީގެ ކުރިން ދުވަހަކު ވެސް ނުފެތުރޭހާ ބާރުމިނުގައި، ރޯގާ ފެތުރެމުންދާތީ ދަރިވަރުންގެ ބެލެނިވެރިންގެ ކަންބޮޑުވުން ތަކަށް ލުޔެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

މުސްތަފާ ވިދާޅުވީ، ހުން އައިސްގެން ދުވާލަކު އެވްރެޖްކޮށް، 25-45 އާއި ދެމެދުގެ އަދަދަކަށް އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާކަމަށް ރެކޯޑްކުރެވިފައިވާ ކަމަށެވެ.

މުސްތަފާ ވިދާޅުވީ، އަތޮޅު ތައުލީމީ މަރުކަޒު ބަންދުކުރީ ކަމާއިގުޅޭ ހުރިހާ މުއައްސަސާތަކާއި މަޝްވަރާކުރުމަށް ފަހު އެބޭފުޅުންގެ ލަފާފުޅާއި އެއްގޮތަށް ދެދުވަހަށްކަމަށެވެ. އާދިއްތަ ހޯމަ ދެ ދުވަހު ޕޭޝަންޓުން އާއްމުކޮށް ރެކޯޑް އަދަދަކަށް އެރި. މިހާތަނަށް ޖުމްލަ 189އަކަށް ވުރެ ގިނަ ޕޭޝަންޓުން ވަނީ ދައްކާފައި" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަށުގައި މަދިރި އާލާވާ ތަންތައް ނައްތާލުމަށް ކައުންސިލާއި، ސިއްހީ މަރުކަޒާއި، އެހެނިހެން މުއައްސަސާތައް ގުޅިގެން މަދިރި މަދުކުރުމަށް ފޮގް ޖެހުމާއި، އެނޫން ވެސް މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލުމާއި، ރަށުތެރެ ސާފުކުރުމުގެ ހަރަކަތްތައް ވެސް މިހާރު ފަށާފައިވާކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 3760 މީހުން ދިރިއުޅޭ، ގއ. ވިލިނގިލީ އަތޮޅު ތައުލީމީ މަރުކަޒުގައި 600 އެއްހާ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް