22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެންޓޮއިން ގްރީޒްމަން

މި ސީޒަނަށް ފަހު ގްރީޒްމަން އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެ

  • ރިޕޯރޓްތައް ބުނާގޮތުގައި ގްރީޒްމަން އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމައިފި
  • ގްރީޒްމަން ހޯދުމަށް ބާސެލޯނާ މަސައްކަތްކުރާނެ
މިއުނާ ހަސަން | @miuna_hassan

| 19 މާރޗް 2019 | އަންގާރަ 19:08 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ގްރީޒްމަން -- ގޫގުލް

ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން މި ސީޒަނަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފިއެވެ.

ރިޕޯރޓްތައް ބުނާގޮތުގައި ގްރީޒްމަން އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ އެކު ގިނަ ކްލަބްތަކަކުން އޭނާ ގަތުމަށް ޝައުގުވެރިވާކަން ވަނީ ފާޅުކުރަން ފަށާފައެވެ.

ގްރީޒްމަން މިދިޔަ ސީޒަނަށް ފަހު ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ބެލެވިފައި ވީނަމަވެސް މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން އޭނާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެތުލެޓިކޯގައި މަޑުކުރަން ބޭނުންވާ ކަމަށް އިއުލާނު ކޮށްފައެވެ.

އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުވެންޓަސް އަތުން ބަލިވެ މުބާރާތުން އެތުލެޓިކޯ ކެޓުމަށް ފަހު ގްރީޒްމަން ކްލަބްގައި އިތުރަށް މަޑުކުރާނެ ކަމާއި މެދު ވަނީ ޝައްކު އުފެދިފައެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގްރީޒްމަން ކްލަބް ބަދަލުކުރަން ބޭނުންވާކަން ރަސްމީކޮށް އެތުލެޓިކޯ އަށް އަންގާނީ ގައުމީ ޓީމުގެ މެޗުތަކަށް ފަހު އެވެ.

ގްރީޒްމަން ހޯދުމަށް ބާސެލޯނާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.

ގްރީޒްމަން ފުޓުބޯޅަ ކެރިއަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުންނެވެ. 2014 ވަނަ އަހަރު އޭނާ އެތުލެޓިކޯ އަށް ސޮއިކުރީ 30 މިލިއަން ޔޫރޯއަށެވެ.

ކުރިއަށް އޮތް ސީޒަނުގައި އެތުލެޓިކޯ ދޫކޮށް ގްރީޒްމަން އެހެން ކްލަބަކަށް ބަދަލުވާއިރު، އޭނާ ހޯދަން ބޭނުންވާ ކްލަބްތަކުން 100 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު އަދަދެއް ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް