22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ސްޕެޝަލް އޮލިމްޕިކްސް

ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް

  • 100 މީޓަރު ދުވުމުން ޝިފްނާ އިބްރާހިމް ވަނީ ރަން މެޑަލް ހޯދާފައި
  • ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހާސިލްކޮށްފައި
މިއުނާ ހަސަން | @miuna_hassan

| 19 މާރޗް 2019 | އަންގާރަ 17:40 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ސްޕެޝަލް އޮލިމްޕިކްސްގެ ތެރެއިން -- ޔޫތު މިނިސްޓްރީ

ސްޕެޝަލް އޮލިމްޕިކްސްގައި 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލް ހާސިލްކޮށްފިއެވެ.

ޝިފްނާ ރަން މެޑަލް ހާސިލް ކޮށްފައި ވަނީ އަބޫ ދާބީގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސްގެ ނިއު ނޭޝަން ކެޓަގަރީންނެވެ.

ޝިފްނާ ރަންމެޑަލް ހާސިލް ކޮށްފައިވަނީ 18:01 ސިކުންތުން 100 މީޓަރު ދުވެގެންނެވެ. މި ކެޓަގަރީން ޝިފްނާ ރަންމެޑަލް ހާސިލް ކުރިއިރު، ރާއްޖޭގެ ނޫރާ ރަޝާދު ވަނީ 20:67 ސިކުންތުން ދުވެގެން 100 މީޓަރު ދުވުމުން ފަސް ވަނަ ހޯދާފައެވެ.

ސްޕެޝަލް އޮލިމްޕިކްސްގައި ހޯމަ ދުވަހު އަންހެން ބައިން ޝިފްނާ ރަންމެޑަލް ހާސިލް ކުރިއިރު ފިރިހެން ބައިގެ 200 މީޓަރު ދުވުމުން ވަސްމީ ވަހީދު ވަނީ އާދިއްތަ ދުވަހު ރިހި މެޑަލް ހާސިލްކޮށްފައެވެ.

ވަސްމީ ރިހި މެޑަލް ހާސިލްކުރީ 27:25 ސިކުންތުން 200 މީޓަރު ދުވެގެންނެވެ. މި ކެޓަގަރީން ވަސްމީ ރިހި މެޑަލް ހާސިލް ކުރިއިރު އަލީ އަމީން އަބްދުލް ގަފޫރް ވަނީ ފަސްވަނަ ހޯދާފައެވެ. އަލީ ފަސްވަނަ ހޯދީ 34:73 ސިކުންރުން 200 މީޓަރު ދުވެގެންނެވެ.

ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭން ވާދަ ކުރަނީ ނިއު ނޭޝަންސް ފިރިހެން ބައިގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި އަންހެންބައިގެ 100 މީޓަރު ދުވުމުގައެވެ.

މީގެ ކުރިން އެ ގޭމްސްގައި ރާއްޖޭގެ ބައެއް އެތުލީޓުން އަމިއްލަ ގޮތުން ބައިވެރިވެފައި ވެއެވެ. އެހެން ނަމަވެސް ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީއެއް ހަދައި ރަސްމީ ހައިސިއްޔަތުން ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް