26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ބީއެމްއެލް ޕީއޯއެސް ޚިދުމަތް

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

  • ޕިއޯއެސް ޚިދުމަތް ފެށީ ފަސް ޓެކްސީގަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 ފެބުރުވަރީ 2017 | އަންގާރަ 18:31 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ޓެކްސީތަކުގައި ޕީއޯއެސް ބޭނުން ކުރެވެން ފެށުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ބީއެމްއެލް އިން ޓެކްސީތަކުގައި ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ޚިދުމަތް ތައާރަފްކޮށްފި އެވެ.

އަންގާރަ ދުވަހު ދަރުބާރު ގޭގައި ބީއެމްއެލް އިން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން، އެކުންފުނީގެ ޑެޕިއުޓީ ސީސީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލް އިން ޓެކްސީތަކުގައި ޕީއޯއެސް ޚިދުމަތް ތައާރަފް ކޮށްފައިވާ އިރު މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ޓެކްސީ ހިދުމަތް ހޯދަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ނަގުދު ފައިސާއާ ނުލާ ޕީއޯއެސް ބޭނުންކޮށްގެން ފައިސާ ނެގުމުގެ ޚިދުމަތް ފަށާފަ މިވަނީ. ޚިދުމަތް އަޅުގަނޑުމެން ފަށަނީ ފަސް ޓެކްސީ. އަދި މަސް ދުވަސް ފަހުން އިތުރު ޓެކްސް ވެސް ޚިދުމަތް ލިބިގެންދާނެ" މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

އޭނާ ވަނީ ކޭޝް ކާޑު ބޭނުންކޮށްގެން ޓެކްސީތަކުގައި ފައިސާ ދެއްކޭ ގޮތަށް އެކުންފުނިން ފެށި ޚިދުމަތް ކަންކަން ބެލުމަށް ފަހު އިތުރު ފަސޭހަތަކާ އެކު ކުރިއަށް އޮތްތަނުގައި ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މުހައްމަދު ޝަރީފު ވިދާޅުވީ، ފިހާރަތަކުގައި ޕޭމެންޓް ހަދާ އުސޫލުން ޓެކްސީތަކުގައި ވެސް ޕޭމެންޓް ހެދިގެން ދިއުމުގެ ސަބަބުން ބީއެމްއެލްގެ ޕީއޯއެސް ޚިދުމަތް އިތުރަށް ފުޅާ ވެގެންދާނެ ކަމަށެވެ. ބީއެމްއެލް އިން މިހާރު ވެސް 4،000 ވުރެ ގިނަ ޕީއޯއެސް މާރޗެންޓުން ތިބެއެވެ.

ޝަރީފު ވިދާޅުވީ މި ހިދުމަތް ދެނީ ޓެކްސީ ދުއްވާ މީހުންނާ އެކު ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެއާ އެކަށީގެންވާ ފީއެއް ނެގޭނެ ކަމަށެވެ. އެހެން ނަމަވެސް ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް އަގެއް ނެތި ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް"ގެ ނަމުގައި ޚާއްސަ ކެމްފެއިނެއް ފަށައިގެން ކުރިއަށް ގެންދާ އިރު މި ހިނގާ ފެބުރުއަރީ މަހުގެ ކޮންމެ ދުވަހަކު މުޖުތަމައުއަށް ފައިދާ ކުރާނެ ހަރަކާތެއް ކުރުމަށް ވަނީ ހަމަޖައްސަފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް