12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ސައުދީ އަރަބިއްޔާ

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

  • ސާރާ އަލް ސުހައިމީއަކީ ސައުދީ އަރަބިއްޔާގެ ބޭންކެއްގެ ވެރިޔަކަށް އިސްކުރެވުނު ފުރަތަމަ އަންހެން ބޭފުޅާވެސްމެ
އަހުމަދު އަނޫޝު | IamAhmedAnoosh

| 21 ފެބުރުވަރީ 2017 | އަންގާރަ 16:48 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


އަލް ސުހައިމީ ޗެއާ ކުރައްވާނީ އަރަބި ދުނިޔޭގެ އެންމެ ބޮޑު ސްޓޮކް އެކްސްޗޭންޖް -- ގޫގުލް

ސައުދީ އަރަބިއްޔާގެ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފިއެވެ.

ސައުދީ ސްޓޮކް އެކްސްޗޭންޖް ނުވަތަ "ތަދާވުލް"ގެ، ބޯޑުގެ ޗެއާޕާރސަންގެ މަގާމަށް އައްޔަން ކުރެވުނު ސާރާ އަލް ސުހައިމީ އަކީ ސައުދިީގެ ބޭންކެއް ކަމަށްވާ އެންސީބީ ކެޕިޓަލްގެ ސީއީއޯ ވެސް މެއެވެ. ސާރާ އަލް ސުހައިމީއަކީ ސައުދީ އަރަބިއްޔާގެ ބޭންކެއްގެ ވެރިޔަކަށް އިސްކުރެވުނު ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ. އޭނާ އެ މަގާމަށް އިސްކުރެވުނީ 2014 ވަނަ އަހަރުއެވެ.

ސައުދީގެ ސްޓޮކް އެކްސްޗޭންޖަށް އަލް ސުހައިމީ އައްޔަން ކުރީ އެތަނުގެ ބޯޑުން ކަމަށްވާއިރު، ބޯޑުގައި ސައުދި އަރަބިއަން މަނިޓަރީ އޮތޯރިޓީ (ސަމާ)، ފައިނޭންސް މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓްގެ މަންދޫބުން ތިއްބަވައެވެ.

އަލް ސުހައިމީ ސައުދީގެ ސްޓޮކް އެކްސްޗޭންޖްގެ ޗެއާޕާރސަން އަކަށް އައްޔަން ކުރެއްވުމުން، އެކަމަނާވެގެން ގޮސްފައިވަނީ ސައުދީ ސަރުކާރުގެ ބޮޑު މާލީ އިންސްޓިޓިއުޝަނެއްގެ ޗެއާޕާރސަނަކަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް