18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އަކްޝޭ ކުމާރު

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

  • ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކުން އުގައްދާފައިވާ ފިލްމެއް
ސަހުބާން ފަހުމީ | sahubaan

| 21 ފެބުރުވަރީ 2017 | އަންގާރަ 16:47 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އަކްޝޭ ކުމާރު -- ގޫގުލް

މި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ޖޮލީ އެލްއެލްބީ 2" އަކީ އަކްޝޭގެ އެންމެ ކާމިޔާބު ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެއެވެ.

ބޮލީވޫޑް ފިލްމްތައް ދިރާސާކުރާ ފަރާތެއް ކަމަށްވާ ތަރުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފިލްމް ރިލީޒް ކުރިތާ 11 ދުވަސް ވެފައިވާއިރު ފިލްމަށް 98.44 ކްރޯޑް ރުޕީޒް ލިބިފައިވާ ކަމަށެވެ. އަދި މި ފިލްމަކީ އަކްޝޭގެ އެންމެ ކާމިޔާބު ފަސް ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމެއް ކަމަށް ތަރުން ބުނެފައި ވެއެވެ.

ތަރުން ބުނެފައި ވަނީ އަންގާރަ ދުވަސް ނިމިގެންދާއިރު ފިލްމަށް 100 ކްރޯޑް ރުޕީޒް ލިބޭނެ ކަމަށެވެ.

އެންމެ ފަހުން އަކްޝޭ ކުޅުނު ހުރިހާ ފިލްމަކީ ވެސް ވަރަށް ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމްތަކެވެ. އެގޮތުން "ހައުސްފުލް 3"، "ރުސަތުމް"، "އެއާލިފްޓް" އަދި "ރައުޑީ ރާޓޯޓް" ހިމެނެއެވެ. މިއިން ކޮންމެ ފިލްމް ވެސް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

"ޖޮލީ އެލްއެލްބީ 2" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ވޭތުވެދިޔަ 10 އަހަރު ތެރޭ ރިލީޒް ކުރި އަކްޝޭ ކުމާރުގެ ހުރިހާ ފިލްމެއް ވެސް ވަނީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް ގާއިމް ކޮށްފައެވެ. އެގޮތުން "އެއާލިފްޓް"، ރުސަތުމް" އަދި "ހައުސްފުލް 3" ފާހަގަ ކޮށްލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް