22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ލިވަޕޫލް މޮޅުވިއިރު، ގަދަ ހަތަރަކަށް އެރުމަށް ޗެލްސީއަށް ހުރަސްތަކެއް

  • ލިވަޕޫލް މޮޅުވީ ފުލަމްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން
  • ޗެލްސީ ވަނީ އެވަޓަންއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން ބަލިވެފައި
ލީވާން އަލީ | MrLeevaan

| 18 މާރޗް 2019 | ހޯމަ 07:47 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  5. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ފުލަމްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، އެވަޓަން އަތުން ބަލިވެ ޗެލްސީއަށް ގަދަ ހަތަރަކަށް އެރުމަށް ހުރަސްތަކާ ކުރިމަތިވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ފުލަމްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން ނެވެ.

ފުލަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެގޮތުން އެ ޓީމުން ވަނީ ފުލަމްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުވެސް ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާޑިއޯ މާނޭއެވެ.

މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ ލިވަޕޫލުންނެވެ. ނަމަވެސް ލިވަޕޫލުން ރަނގަޅަށް ކުޅެމުންދަނިކޮށް 74 ވަނަ މިނެޓުގައި ބަބެލް ކާމިޔާބުކުރި ލަނޑުން ފުލަމްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން ލިވަޕޫލް މޮޅުވި ލަނޑު 82 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ޖޭމްސް މިލްނާއެވެ. މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލީޑު ފުޅާކުރަން އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 31 މެޗުން ލިބުނު 76 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ފުލަމް އޮތީ ކުޅުނު 31 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ ބަލިވީ އެވަޓަންއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އެވަޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ކުރީކޮޅު ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ނުހިފެއެވެ.

މި ހާފްގައި ޗެލްސީގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، އެ ހަމަލާތަކުގެ ބޭނުން އެޓީމަށްވެސް އެންމެ އެދެވޭ ގޮތެއްގައި ހިފޭގޮތް ވަނީ ނުވެފައެވެ.

ދެވަނަ ހާފް ފެށިގެން ހަތަރުވަނަ މިނެޓު ތެރޭގައި އެވަޓަންއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރިޗަޑްސަންއެވެ.

މި ލަނޑަށްފަހު ވެސް އެވަޓަންއަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އަދި ޗެލްސީއަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

އެވަޓަންއިން މެޗުގެ ލީޑު ފުޅާކުރީ 72 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިގަޑްސަންއެވެ. މިއީ އެވަޓަންއަށް ލިބުނު ޕެނަލްޓީ ކުރިޔަށް ފޮނުވާލުމުން، އެޓީމުގެ ކީޕަރު ދިފާއުކުރުމުން، ރީބައުންޑުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 30 މެޗުން ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން މޮޅުވި އެވަޓަން އޮތީ ކުޅުނު 31 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް