19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މޮޑެލް

މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!

  • ވީޑިއޯ އިން ފެންނަނީ މީހެއްގެ އަތުގައި ހިފައިގެން އިމާރާތުގެ ބޭރަށް ވެއްޓޭ ފަދަ ގޮތަކަށް ހަރަކާތްތަކެއް ދައްކާލާ މަންޒަރު
އަލީ ޔޫސުފް | AliYooosuf

| 21 ފެބުރުވަރީ 2017 | އަންގާރަ 16:30 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރަޝިޔާގެ މޮޑެލް ވިކްޓޯރިއާ އޮޑިންކޯވާ ދުބާއީގެ 73 ބުރީގެ ކޭޔަން ޓަވަރުގެ މަތީގައި -- ގޫގުލް

ދިހަ ބުރީގެ އިމާރާތެއްގެ މަތީގައި ހުރެ ތިރި ބަލާލަން ކެރެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބިރު ނުގަންނަ ނަމަ އެއަށް ވުރެ ތަންކޮޅެއް މައްޗަށް އަރަމާ ހިނގާށެވެ. ގާތްގަނޑަކަށް 25 ބުރީގެ އިމާރާތެއްގެ ބެލްކަނީއަށް ނުކުމެލަން ހިނގާށެވެ. ދެން ވެސް ގޮތެއް ނުވާ ނަމަ 73 ބުރީގެ އުސް އިމާރާތެއްގެ މަތިން ތިރި ބަލާލަން ކެރޭނެ ހެއްޔެވެ؟ ހަމަ އެކަނި ތިރި ބަލާލަނީކީ ނޫނެވެ. އެއްވެސް ރައްކާތެރިކަމެއް ނެތި އިމާރާތުގެ ވަށައިގެން ހުރި ބީމްތަކަށް އަރައި ގޮތް ގޮތަށް ވީޑިއޯ ވެސް ނަގަނީއެވެ.

 

ޑެއާޑެވިލް ހަރަކާތްތަކަށް ލޯބިކުރާ ރަޝިޔާގެ މޮޑެލް ވިކްޓޯރިއާ އޮޑިންކޯވާ ދާދި ފަހުން ދުބާއީ އަށް ކުރި ދަތުރެއްގައި ދުބާއީގެ ކޭޔަން ޓަވަރުގެ މަތީގައި ވަނީ މިފަދަ ހަރަކާތްތަކެއް ދައްކާލާފައެވެ. ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި އުމުރުން 23 އަހަރުގެ އޮޑިންކޯވާ ވަނީ 73 ބުރި އުހުގައި އިތުރު މީހަކާ އެކު ވީޑިއޯތަކެއް ނަގައި މިދިޔަ ހަފުތާގެ ތެރޭގައި އެ ވީޑިއޯ އާންމުކޮށްފައެވެ. މި ވީޑިއޯ އިން ފެންނަނީ މީހެއްގެ އަތުގައި ހިފައިގެން އިމާރާތުގެ ބޭރަށް ވެއްޓޭ ފަދަ ގޮތަކަށް ހަރަކާތްތަކެއް ދައްކާލާ މަންޒަރެވެ.

 

މި ވީޑިއޯ ބެލި ގިނަ މީހުން ބުނެފައި ވަނީ ވީޑިއޯ ބަލަމުންދިޔަ އިރު މޭގަނޑު އަނގަޔަށް އަންނަ ވަރުވާ ކަމަށެވެ.

 

މި ވީޑިއޯއާ ގުޅިގެން ދުބާއީގެ ފުލުހުން ވަނީ އޮޑިންކޯވާ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ދުބާއީގެ މީޑިއާތަކުން ބުނެފައި ވަނީ އޭނާ ޕޮލިހަށް ހާޒިރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށާއި އަދި ދުބާއީގައި އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ތަކުރާރުނުކުރުމަށް އިންޒާރުކޮށްފައިވާ ކަމަށެވެ. އެފަދަ ކަމެއް ކުރަން ބޭނުން ނަމަ ކަމާ ބެހޭ ފަރާތްތަކަށް އަންގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

 

ނުރައްކާތެރި މަންޒަރުތައް ފެނިގެންދާ މި ވީޑިއޯ ކުރު މުއްދަތެއްގައި ގިނަ ބަޔަކު ބަލާފައި ވެއެވެ. އެ ގޮތުން މިހާތަނަށް ހަތަރު މިލިއަނެއްހާ ފަހަރު މި ވީޑިއޯ ބަލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް