23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

މައިކަލް ޖެކްސަން

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

  • އައި ޓިއުންސްގެ ޓޮޕް 100 ސިންގަލް ޗާޓްގައި މައިކަލް ޖެކްޝަންގެ 41 ލަވަ ހިމެނިފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 21 ފެބުރުވަރީ 2017 | އަންގާރަ 15:41 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ވޯލްޑް ގިނަސް ބުކް އޮފް ރެކޯޑްސްގައި މި އަލްބަމް ވަނީ  ވޯލްޑްސް ޓޮޕް ސެލިންގ އަލްބަމްގެ ގޮތުގައި ފާހަގަކޮށްފައި -- ގޫގުލް

1958 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެމެރިކާގެ ގެރީ އިންޑިއާނާއަށް އުފަން މައިކަލް ޖެކްޝަންއަކީ ތަފާތު ހިތްގައިމު އެތައް ލަވަތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އެމެރިކާގެ ކުޅަދާނަ އެހާމެ މަޤުބޫލް ފަންނާނެކެވެ.

 

ހައިރާންވާފަދަ ތަފާތު ލަވަތައް ހިމެނޭ އަލްބަމްތައް އޭނާގެ ފޭނުންނަށް ގެނެސްދީފައިވާ މައިކަލް ޖެކްޝަންގެ އެންމެ މަޤްބޫލު އަލްބަމްއަކީ " ތްރިލާ " ނަމަކަށް ކިޔާ އަލްބަމްއެކެވެ. 9 ލަވަ ހިމެނޭ މި އަލްބަމް ރިލީޒްކޮށްފައިވަނީ 1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. ބޭބީ ބީ މައިން ، ދަ ލޭޑީ އިން މައި ލައިފް އަދި ބީޓް އިޓް ފަދަ ރީތި ލަވަތައް ހިމެނިފައިވާ މި އަލްބަމަށް ވަނީ ތަފާތު އެކި އެވޯޑްތައް ލިބިފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 1984 ވަނަ އަހަރުގެ ގްރެމީ އެވޯޑް ހަފްލާގައި އަލްބަމް އޮފް ދަ އިޔާ އާއި ބެސްޓް އިންޖީނިއާޑް އަލްބަމްގެ އެވޯޑް މި އަލްބަމަށް ވަނީ ލިބިފައިއެވެ.

 

މިފަދަ އެވޯޑްތަކާއިއެކު ކުރިއަރަމުން އައި ޕޮޕް ސްޓާރ މައިކަލް ޖެކްޝަންގެ މަރުގެ ޚަބަރާއެކު މުޅި ދުނިޔޭގެ މިއުޒިކަށް ލޯބި ކުރާ އެތައް ބަޔަކާއި ބޭންޑްތަކެއްގެ ހިތްތައް ރޮއްވާލިއެވެ. ގޮތްނޭގޭ ގޮތަކަށް މައިކަލް ޖެކްޝަން މިދުނިޔެއާއި އަލްވަދާޢު ކިޔާފައިވީ ކަމުގައިވިޔަސް ފާހަގަކޮށްލަންޖެހޭކަމަކީ އަދިވެސް މައިކަލް ޖެކްޝަންގެ ހަދާންތައް މީހުންގެ ހިތުން ފޮހެވިގެން ނުދާކަމެވެ.

 

އެކަން ހާމަވެގެންދާ އެންމެ ބޮޑު އެއް ހެއްކަކީ މައިކަލް ޖެކްޝަންގެ " ތްރިލާ އަލްބަމް "އެވެ.  އަދިވެސް އެންމެ ވިކޭ އަދި އެންމެ މީހުން އަޑުއަހާ ލަވަތައް ހިމެނޭ އަލްބަމްގެ ގޮތުގައި މި އަލްބަމް ވާކެމެވެ.

މި އަލްބަމް ރިލީޒްކުރިތާ މިހާރު 35 އަހަރު ވެފައިވާއިރު، މިއަދާ ހަމައަށް މި އަލްބަމްގެ 30 މިލިއަން ކޮފީ ވަނީ ވިކިފައިއެވެ. އެހެންކަމުން މި އަލްބަމްގެ ކާމިޔާބީއާ ގުޅިގެން އެމެރިކާގެ ރެކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަނުން ވަނީ މި އަލްބަމަށް " ޑައިމަންޑް އެވޯޑް" ދީފައެވެ.

 

ވޯލްޑް ގިނަސް ބުކް އޮފް ރެކޯޑްސްގައި މި އަލްބަމް ވަނީ  ވޯލްޑްސް ޓޮޕް ސެލިންގ އަލްބަމްގެ ގޮތުގައި ވެސް ފާހަގަކޮށްފައިއެވެ.

 

 މައިކަލް ޖެކްޝަން މިދުނިޔެއަށް އަލްވަދާޢު ކީތާ މިއަހަރަށް 7 އަހަރު ވި ކަމުގައިވިޔަސް އައި ޓިއުންސްގެ ޓޮޕް 100 ސިންގަލް ޗާޓްގައި މައިކަލް ޖެކްޝަންގެ 41 ލަވަ ހިމެނިފައިވުން ދޭހަކޮށްދެނީ މިއުޒިކަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އަދިވެސް މައިކަލް ޖެކްޝަނަށް ޖެހިފައިވާ ލޯބި ފަނޑުވެގެން ނުދާކަމެވެ.

ހަމައެހެންމެ ވޯލްޑް ގިނަސް ބުކް އޮފް ރެކޯޑްސްގައި ވޯލްޑްސް ޓޮޕް ސެލިންގ އަލްބަމްގެ ގޮތުގައި މި އަލްބަމް ފާހަގަކޮށްފައިވާއިރު،އެންމެ މޮޅު ލަވަކިޔުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ފަރާތަކީ ވެސް މައިކަލް ޖެކެޝަނެވެ. 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް