22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

ބްރެޑްޕިޓް

ދަރިން ބެލުމުގެ ހަރަދު ދޭން ބްރެޑްޕިޓް ދެކޮޅު ހަަދައިފި

  • ދަރިންގެ ހަރަދަށް މަހަކު އެއް ލައްކަ ޑޮލަރު ހޯދުމަށް އެންޖެލީނާ އެދިފައިވޭ
ސަހުބާން ފަހުމީ | sahubaan

| 21 ފެބުރުވަރީ 2017 | އަންގާރަ 15:19 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


ބްރެޑްޕިޓް އަދި އެންޖެލީނާ ޖޯލީ -- ގޫގުލް

ދަރިން ބެލުމުގެ ހަރަދު އެންޖެލީނާ ޖޯލީއަށް ދިނުމަށް ބްރެޑްޕިޓް ދެކޮޅު ހަދައިފި އެވެ.

އެންޖެލީނާ ހުށަހަޅާފައިވަނީ ބްރެޑްޕިޓް އަތުން ހަރަދުގެ ގޮތުގައި އެއްލައްކަ ޑޮލަރު ހޯދުމަށެވެ.

މިކަމާ ގުޅިގެން ބްރެޑްޕިޓާ ހަވާލާދީ އޭނާގެ އަރިސް މީހަކު ބުނެފައިވަނީ، އެ ދެމީހުންގެ ހަ ދަރިންނަށް ހަރަދުކޮށް، ބެލެހެއްޓުމުގެ ޒިންމާ ނަގައި ކުދިންނާއި ހަވާލުވާން ބްރެޕިޓް ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް ކުދިން އެންޖެލީނާ ގާތުގައި ތިބޭނަމަ ހަރަދު ނުދޭނެ ކަމަށް އޭނާ ބުންޏެވެ.

އަދި ބްރެޑްޕިޓް ވަނީ ކޮންމެ އަހަރަކު ކޮންމެ ކުއްޖެއްގެ ޓްރަސްޓް ފަންޑަށް 250،000 ޑޮލަރު ލުމަށް ނިންމާފައި ކަމަށާއި އެ ފައިސާއިން ހުރިހާ ހަރަދެއް ބެލެހެއްޓޭނެ ކަމަށް ބްރެޑްޕިޓް ބުނެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

ހަރަދު ހޯދުމުގެ އިތުރުން އެންޖެލީނާ ވަނީ ވަރިވާން ހުށަހެޅި މައްސަލައިގައި ހަ ކުދިން އޭނާ ބެލުމުގެ ދަށުގައި ތިބުމަށާއި، ދެ މީހުންގެ މުދާ ބެހުމަށް ކޯޓުގައި އެދިފައި އެވެ. އަދި އޭނާ ވަނީ 90 ދުވަސް ތެރޭ ވަރި ކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައެވެ.

ދާދި ފަހުން އޮތް ކޯޓު އަޑުއެހުމަކަށް ފަހު ކޯޓުން ހުށަހެޅި ލިޔެކިޔުންތަކާ ޙަވާލާދީ ޓީއެމްޒީން ބުނެފައިވަނީ ބްރެޑްޕިޓް ހުރީ ޢާއްމުންނަށް ޙަޤީޤަތް އެނގިދާނެތީ ވަރަށް ބިރުން ކަމަށާއި ވަރީގެ މައްސަލަ އާއި ދަރިންގެ ކަސްޓަޑީ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް ބްރެޑްޕިޓް ތަކުރާރުކޮށް އެދިފައިވާ ކަމަށް އެންޖެލީނާ ބުނެފައިވާކަމަށެވެ.

މި ޚަބަރު ފެތުރިފައި މިވަނީ ބްރެޑްޕިޓް އޭނާގެ ވަކީލުން މެދުވެރިކޮށް އެ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ. "ސީލް" ކޮށްދިނުމަށް އެދިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި އެންޖެލީނާ ފައިލްކޮށްފައިވާ ހަ ކުދިންގެ ވަގުތީ ކަސްޓަޑީ އެއްބަސްވުން ހިމެނެއެވެ. ދަރިންގެ ކަސްޓަޑީގެ އެއްބަސްވުން އެންޖެލީނާ ކޯޓަށް ހުށަހެޅުމުގެ ހަފްތާތަކެއް ކުރިން ވެސް ބްރެޑްޕިޓްގެ ޤާނޫނީ ޓީމުން ވަނީ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް އެދި ކުއްލި އަޑުއެހުމެއް ބޭއްވުމަށް އެދިފައެވެ. އެހެންނަމަވެސް، ކޯޓުގެ ޤާޒީ އެ އެދުމަށް އިންކާރުކުރީ، އެއީ އެހާ ބޮޑު އެމަޖެންސީއެއް ކަމަށް ޤާޒީއަށް ފެނިވަޑައިނުގަތީ ކަމަށް ޚަބަރުތައް ބުނެއެވެ.

ބްރެޑް ޕިޓްގެ ވަކީލުން ބުނާ ގޮތުން، އެ ލިޔެކިޔުންތައް ސީލް ކޮށްދިނުމަށް އެދިފައިވަނީ، އެންޖެލީނާ ހުށަހަޅާފައިވާ ލިޔެކިޔުންތައް މެދުވެރިކޮށް ދަރިންގެ މުހިންމު މަޢުލޫމާތުތައް ޢާއްމުކޮށް ހާމަކޮށްފައިވާތީއެވެ. އެގޮތުން، ހުށަހަޅާފައިވާ ލިޔުންތައް މެދުވެރިކޮށް ދަރިންގެ ތެރަޕިސްޓުންގެ ނަމާއި، ނަފްސާނީ ސިއްޚީ މާހިރުންގެ ނަންތައް ހާމަކޮށްފައިވާ ކަމަށް ބްރެޑްޕިޓްގެ ވަކީލުން ތުހުމަތު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް