20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ކަސްޓަމްސް

ސީ.ޖީ.ޓީއަށް 22.7 މިލިޔަން ރުފިޔާ ދެއްކުމަށް ކަސްޓަމްސްގެ މައްޗަށް އަމުރުކޮށްފި

  • މުދާ ބޮންޑެޑް ވެއަރހައުސްއިން ނެރެ ދާއިމީ އިމްޕޯޓަކަށް ބަދަލުކުރުމުގެ އެންމެހައި މަރުޙަލާތައް ނިންމާފައިވަނީ އިސްލާހަށް އަމަލުކުރަން ފެށިފަހުން ކަމަށް ކަސްޓަމްސްއިން ބުނޭ
އަމްނާ އިމާދު | @amnabinthimad

| 16 މާރޗް 2019 | ހޮނިހިރު 12:04 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ކަސްޓަމްސް ބިލްޑިންގ -- ފޮޓޯ: މުހައްމަދު ޝަރުހާން

ސީ.ޖީ.ޓީ ޕްރައިވެޓް ލިމިޓެޑަށް 22.7 މިލިއަނަށް ވުުރެ ގިނަ ރުފިޔާ ދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

އެކަމާއި ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިގިރެޓް، އިމްޕޯޓް ޑިއުޓީ ރޭޓަށް ގެނެވުނު ބަދަލުގެ ސަބަބުން އިތުރަށް ދެއްކި ޑިއުޓީއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށާ، ސީ.ޖީ.ޓީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،733،844.36 (ބާވީސް މިލިއަން ހަތްލައްކަ ތިރީސް ތިންހާސް އަށްސަތޭކަ ސާޅީސް ހަތަރު ރުފިޔާ، ތިރީސްހަ ލާރި) އަކީ ކަސްޓަމްސްއިން އެ ފަރާތަށް އަނބުރާ ދައްކަންޖެހޭ ފައިސާ ކަމަށް ހުކުމްގައި ބުނެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ބުނީ ސީ.ޖީ.ޓީގެ ފަރާތުން 2017 ވަނަ އަހަރު ބޮންޑެޑް ވެއަރހައުސްއަށް ކޮންސައިންކޮށް، 01 މާރިޗު 2017 ވަނަ ދުވަހު ރާއްޖެގެނައި 6 ކޮންޓެއިނަރ ސިގިރެޓް، ބޮންޑެޑް ވެއަރހައުސްއިން ނެރެ، ދާއިމީ އިމްޕޯޓެއްގެ ގޮތުގައި ކްލިއަރކުރިއިރު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 13 ވަނަ އިސްލާހަށް 02 މާރިޗް 2017 ވަނަ ދުވަހުގެ 14:00 އިން ފެށިގެން އަމަލުކުރަން ފަށާފައިވުމުން، އިމްޕޯޓް ޑިއުޓީ ރޭޓަށް ގެނެވުނު ބަދަލުގެ ސަބަބުން އިތުރަށް ދެއްކި ޑިއުޓީއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށާ، ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭނީ ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ރާއްޖެއަށް މުދާ ގެނައިރު އަމަލު ކުރަމުންދިޔަ ޑިއުޓީ ރޭޓަށް ކަމަށްބުނެ، ސީ.ޖީ.ޓީ ފަރާތުން ކަސްޓަމްސާ ދެކޮޅަށް ސިވިލްކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު 13 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމާއެކު، ރާއްޖެއަށް އެތެރެކުރެވޭ މުދަލުން ޑިއުޓީ ނެގުމަށް ޑިކްލަރޭޝަން ނިންމުމާއި، ޑިއުޓީ ނެގުމާއި، މުދާ ދޫކުރުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށް ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނެރެފައިވާ ޑައިރެކްޓިވްއެއްގައި ބަޔާންކޮށްފައިވާ ގޮތުން، "2017 މާރިޗު 02 ދުވަހުގެ 14:00 ގެ ކުރިން ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގާފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައިވާނަމަ އެޑިކްލަރޭޝަން ނިންމާ ދިނުމުގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު 13 ވަނަ އިސްލާހަށް ރިއާޔަތް ނުކުރުމަށް ވަނީ ނިންމާފައެވެ. 

ކަސްޓަމްސްއިން ބުނީ ސީ.ޖީ.ޓީގެ ފަރާތުން ބޮންޑެޑް ވެއަރހައުސްއަށް ކޮންސައިންކޮށް ޑިކްލަރޭޝަން ނިންމާ އެމުދަލުގެ ޑިއުޓީއަށްވާ ފައިސާ 17 ފެބުރުވަރީ 2017 ގައި ދައްކާފައިވާއިރު އެމުދާ ރާއްޖޭގެ ބަނދަރަށް އައިސްފައިވަނީ 1 މާރިޗު 2017 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް މިމައްސަލާގައި އައު ޑިއުޓީރޭޓުން ފައިސާދެއްކުމަށް ކަސްޓަމްސްއިން އަންގާފައިވަނީ ސީ.ޖީ.ޓީން ބޮންޑެޑް ވެއަރހައުސްގައި މުދާ ސްޓޮކްކޮށް، އެމުދާ ބޮންޑެޑް ވެއަރހައުސްއިން ނެރެ ދާއިމީ އިމްޕޯޓަކަށް ބަދަލުކުރުމުގެ އެންމެހައި މަރުޙަލާތައް ނިމުނުއިރު އެއިސްލާހަށް އަމަލު ކުރުމުގެ ސުންގަޑި، 02 މާރޗް 2017 ވަނަ ދުވަހުގެ 14:00 ނިޔަލަށް ހަމަވެފައި ވާތީ ކަމަށެވެ.

މި މައްސަލަ ސިވިލް ކޯޓުން ބެއްލުމަށްފަހު ސީ.ޖީ.ޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ 22,733,844.36 ރުފިޔާ (ބާވީސް މިލިއަން ހަތްލައްކަ ތިރީސްތިންހާސް އަށްސަތޭކަ ސާޅީސް ހަތަރެއް ރުފިޔާ، ތިރީސްހައެއް ލާރި) އަކީ ކަސްޓަމްސްއިން އެ ފަރާތަށް އަނބުރާ ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅާ، މިމަހުގެ 6 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މައުސޫމް

4 ދުވަަސް ކުރިން

ހާދަހާލަހުން ތިހަބަރު ތިލިބުނީ

0
0