20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައި

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

  • ޖެނެރަލް މެކްމާސްޓަރއަކީ 2014 ވަނަ އަހަރު ޓައިމްސް މެގަޒިންގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތެއް
އަބުދުﷲ މުހައްމަދު | 8Abbo

| 21 ފެބުރުވަރީ 2017 | އަންގާރަ 14:34 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އެޗްއާރު މެކްމާސްޓަރ ވަނީ އެމެރިކާއާއި އަފްޣާނިސްތާނުގައި ވެސް މަސައްކަތް ކުރައްވާފައި -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ މަގާމަށް ލެފްޓިނެންޓް ޖެނެރަލް ހާބާރޓް ރޭމަންޑް މެކްމާސްޓަރ އައްޔަން ކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ތިން ހަފްތާފަހުން މަގާމުން ވަކިކުރެވުނު މައިކަލް ފްލިންގެ ބަދަލުގައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ޖެނެރަލްއެއްގެ ގޮތުގައި ހުންނެވި އެޗްއާރު މެކްމާސްޓަރ ވަނީ އެމެރިކާއާއި އަފްޣާނިސްތާނުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

 އޭނާ މަސައްކަތް ކުރެއްވީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައެވެ.

ރައީސް ޓްރަމްޕްގެ ފުރަތަމަ ހޮއްވެވުން ކަމުގައިވި ރިޓަޔަރޑް ވައިސް އެޑްމިރަލް ރޮބާޓް ހަވާޑް އަސްކަރިއްޔާއިން ވަކިވެ ވަޑައިގެންފައިވަނީ އަމިއްލަ ސަބަބު ތަކަކާހުރެ ފުރުސަތު ދޫކޮށްލައްވާފައެވެ.

ޓްރަމްޕްވަނީ އޭނާއަށް ތައުރީފް ކުރައްވައި އޭނާއަކީ ހުނަރާއި ތަޖްރިބާ އިންތިހާއަށް ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.

ޖެނެރަލް މެކްމާސްޓަރއަކީ 2014 ވަނަ އަހަރު ޓައިމްސް މެގަޒިންގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތެކެވެ.

އޭނާ ލިއުއްވާފައިވާ ޑިރެލިކްޝަން އޮފް ޑިއުޓީގައި އޭނާ ވަނީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުމަށް ފާޑުކިޔާފައެވެ.

ޔުނިވާސިޓީ އޮފް ނޯތް ކެރޮލައިނާއިން ތާރީޚާ ބެހޭގޮތުން ޕީއެޗްޑީ ހައްދަވާފައިވާ މެކްމާސްޓަރ ވިދާޅުވީ އަނެއްކާ ވެސް ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށެވެ.

 

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ސެކިއުރިޓީ އެޑްވައިޒރ މައިކްލް ފްލިން އެ މަގާމުން ވަކި ކުރައްވާފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އެމެރިކާއިން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއިރު، އެ މައްސަލައިގައި މަޝްވަރާ ކުރެއްވިކަމުގެ ތުހުމަތު ފްލިންގެ މައްޗަށް ކުރެވިގެންނެވެ.

ބުނެވޭ ގޮތުގައި އެ މަޝްވަރާތަކާ ބެހޭ ގޮތުން އޭނާ ވަނީ އޮފިޝަލުންނަށް އޮޅުވާލައްވާފައެވެ.

ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައިވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް