20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ އެއްވެސް މަސަތްކަތަކަށް ޖާގަ ނުދޭޭނަން: ރައީސް ސޯލިހު

  • ގާތް ގުޅުމެއް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރައްވާ އެއްވެސް މަސައްކަތަކަށް ޖާގައެއް ނުދޭނަން
ދާނިޝް ނިޡާމް | Dhaanish_Nizam

| 16 މާރޗް 2019 | ހޮނިހިރު 09:53 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ -- އާކައިވް

ގައުމުގެ މަސްލަހަތާއި އަމަންކަން ގެއްލުވައި ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ އެއްވެސް މަސަތްކަތަކަށް ޖާގަ ނުދޭޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނައިފަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ކާރިމްގެ ކެމްޕެއިން އިފްތިތާހް ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސަތްކަތް ކުރައްވާ ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖލީހުގައި ސަރުކާރަށް ތާއިދުކުރައްވާ ކެންޑިޑޭޓުން ތިބެންޖެހޭ ކަމަށެވެ. ފާއިތުވެގެންދިޔަ ސަރުކާރުން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ ކަންތައްތަކަށް ރިޢާޔާތްކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މި ސަރުކާރުގެ ފަރާތުން ނުހިފަހައްޓާނެ ކަމަށެވެ.

"މިނިވަންކަމާ އެކު އަޑު އުފުލައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު މި ސަރުކާރުން އެންމެނަށް ވެސް ލިބިފައި އޮންނާނެ. އެހެން ނަމަވެސް ގައުމުގެ މަސްލަހަތު ގެއްލުވައި އަމަން އަމާންކަން ގެއްލުވައި ދޭދޭ ގައުމުތަކުގެ ދޭތެރޭގައި ފިތުނަ އުފައްދާ އަޅުގަނޑުމެންނާއި ގާތް ގުޅުމެއް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރައްވާ އެއްވެސް މަސަތްކަތަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވެސް އަދި ނައިފަރުގައި ބޭއްވި ޖަލްސާގައި ވެސް އެއިރު އޮތް އަނިޔާވެރި ވެރިކަން ބަދަލުކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމުން އިސް ދައުރެއް އަދާކުރި ކަމަށާއި މިއަދު ކުރާ މަސަތްކަތުން އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނަހަދާނެ ކަމަށް ވިދާޅުވެފައެވެ.

ނައިފަރު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ކާރިމް

ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ކާރިމް ވިދާޅުވީ ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށާއި އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ވޯޓް ލާއިރު އެޖެންޑާ 19 އަށް ގައުމު ކުރިއެރުވުމަށް ވޯޓް ދޭން ޖެހޭ ކަމަށެވެ. މަޖަލީހަށް ކުރިމަތިލީ ލާމރުކަޒީ ނިޒާމު ދަނެ ހުރެ ކުރިއަރުވުމަށްޓަކައި ކަމަށާއި ރަށުގެ ތިބެ ހަލާލު މަސަތްކަތްކޮށް އާމްދަނީ ހޯދޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށެވެ. ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވެސް ކާރިމް ވާހަަކަދައްކަވާފައިވެއެވެ. އެގޮތުން ކާރިމް ވިދާޅުވީ، 2008 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލުމުން ކުރިމަތިލާން ޖެހުނު ކަންކަން އަލުން ތަކުރާރުވުމަށް އެމްޑީޕީގެ މެމްބަރުންނާއި، އިސްލާހަށް މަސައްކަތް ކުރެއްވި އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށެވެ. 

ރައިސް ސޯލިހުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ކުރެންދޫގެ އިތުރުން ނ. އަތޮޅަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް