23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އޮޔާދިޔަ މީހަކު ސަލާމަތްކުރުން

ސީބެޑެއްގައި އޮޔާދިޔާ އަންހެނަކު ސަލާމަތްކޮށްފި

  • 19 އަހަރުގެ އަންހެން މީހާ ސަލާމަތް ކުރީ ފުލުހުންގެ ލޯންޗެއްގައި ގޮސް
އަމަން ހަލީމް | soupized

| 16 މާރޗް 2019 | ހޮނިހިރު 03:58 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ފުލުހުންގެ ލޯންޗަށް އަންހެން ކުއްޖާ ސަލާމަތްކޮށްގެން އަރުވަނީ -- މޯލްޑިވްސް ޕޮލިސް ސާރވިސް

ތ. ގުރައަދޫގައި މޫދަށް އެރު އުޅެނިކޮށް ސީބެޑެއްގައި އޮޔާ ދިޔަ އަންހެނަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

ހުކުރު ދުވަހު ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސީބެޑެއްގައި އަންހެނަކު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 10:15 ހާއިރު ކަމަށެވެ. އަދި 19 އަހަރުގެ އަންހެން މީހާ ސަލާމަތް ކުރީ ފުލުހުންގެ ލޯންޗެއްގައި ގޮސް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަންހެން މީހާ އަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެން މީހާ އޮޔާދާ ކަމުގެ މައުލޫމާތު ދިނީ އެ ވަގުތު މޫދަށް އެރި އުޅުނު ބަޔަކު ކަމަށެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ވަނީ މޫދުގައި ހިނގާ އެކިއެކި ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ގިނަވެފައެވެ. މީގެ ތެރޭގައި ގިނައީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނެވެ. އަދި މި ފަހުން ވެސް ކަނޑުމަތިން ހިނގި ހާދިސާއެއްގައި ދިވެހި ޒުވާން އަންހެން ކުއްޖަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް