23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

ނުރަނގަޅު އެއްޗެއް ރަނގަޅު އެއްޗެއްގެ ގޮތުގައި ގަބޫލުކުރަން އަދި މާ އަވަސް: ނައިބު ރައީސް

  • އިންސާފާއި އިސްލާހުގެ މަގަށް ރައްޔިތުން ފެއްޓި ދަތުރު އަދި ނުނިމޭ ކަމަށް ވިދާޅުވި
  • ވައުދުތައް ފުއްދުމަށް ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ ކަމަށް ވެސް ވިދާޅުވި
އަމަން ހަލީމް | soupized

| 16 މާރޗް 2019 | ހޮނިހިރު 03:57 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ވިސާމްގެ ކެމްޕެއިން ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ -- ފޭސްބުކް

ނުރަނގަޅު އެއްޗެއް އެއީ ރަނގަޅު އެއްޗެއްގެ ގޮތުގައި ގަބޫލުކުރަން އަދި މާ އަވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނަައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ގަމު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ވިސާމްގެ ކެމްޕެއިން ހަފުލާއެއްގައި ހުކުރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަރުކާރުގައި ކަންކަން ވެގެން ދިޔަ ގޮތަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ ހުޅުތަކުގަޔާއި ހަށިގަނޑުގައި އަދިވެސް އެ ވޭން އެބަހުރި ކަމަށާއި، ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވެފައި ވަނީ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓުގައި ވާދަކުރައްވާ ގިނަ ކެނޑިޑޭޓުނަތަކަކަށް ތާއިދުކުރައްވަން ނިންމެވުމާ ގުޅިގެން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިގެން އުޅޭ ދަނޑިވަޅެއްގައެވެ. 

ނައިބު ރައީސް ފައިސަލް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ގަމު ދާއިރާ އިން އެ ބޭފުޅުންނަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ރައްޔިތުން ބަދަލުކުރަން ވޯޓު ދިނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކު ގިނަ ކަންތައްތަކެއް ބޭނުންވާތީ ކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އިންސާފާއި އިސްލާހުގެ މަގަށް ރައްޔިތުން ފެއްޓި ދަތުރު އަދި ނުނިމޭ ކަމަށާއި، އެކަންކަމަށް ވާސިލުވާން އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި މަޖިލިހުން ކަންކުރި ގޮތާ މެދު ރައްޔިތުން ވިސްނާލަން އެބަޖެހޭ ކަމަށެވެ. އަދި މިކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައިސް ފައިސަލް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެެވެ. އެގޮތުން ރައީސް ސޯލިހަކީ ރައްޔިތުންނާ ގާތް އަދި ރައްޔިތުންގެ "ވިންދު" ދަންނަ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ގަމު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ވިސާމްއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވިސާމްއަކީ އަބަދުވެސް ހިނިތުންވުމާ އެކު ޖޯޝާއި ފޯރީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމޫނާ މަޖިލިސް މެމްބަރަކަށް ވިސާމް ވެވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. 

ނަައިބު ރައީސް ވިދާޅުވީ މި ސަރުކާރު އައީ އެންމެ ބޭނުމެއްގައި ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށެވެ. އަދި އިސްލާހަށް މަސައްކަތް ކުރުމަކީ ވަކި ޕާޓީއެއްގައި ހުރެގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ވަކި ޕާޓީއަކަށް ބެލުމެއް ނެތި ހެޔޮކަންކަން ކުރުމުގައި އެކަކު އަނެކަަކަށް ވާގިވެރިވުމަށް އެ މަނިކުފާނު ބާރުއެޅުއްވިއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ވާއިރު، އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް މެމްބަރުންނާއި ކައުންސިލްގައި ހިމެނޭ އެހެނިހެން ފަރާތްތަކުން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ ވުޒާރާތަކަށް ހޮވިވަޑައިގެންނެވި ބައެއް ބޭފުޅުން ވަނީ ސަރުކާރު ދިފާއު ކުރެއްވުމުގައި ދެމި ތިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ވިސާމްގެ ކެމްޕެއިން ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވަޑައިގަންނަވާ އިރު ގަމު ދާއިރާ އަށް ޖޭޕީގެ ތާއީދާ އެކު ކެންޑިޑޭޓަކު ވާދަކުރެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް