23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ކްރައިސްޗާޗް ޓެރަރިސްޓް ހަމަލާ

ކްރައިސްޗާޗް ހަމަލާ؛ ހަމަލާދީ މަރާލި އެއްމެ ފުރަތަމަ މީހާގެ ފަހު ބަހަކީ ''ހެލޯ ބްރަދަރ''

  • އެ މީހާ އެހެން ބުނީ ހަމަލާ ދޭން ވަން މީހާއަށް ނިސްބަތްކޮށް
  • އޭނާގެ މި އަމަލަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުން
އަމަން ހަލީމް | soupized

| 16 މާރޗް 2019 | ހޮނިހިރު 03:56 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ހަމަލާގައި ފުރަތަމަ މަރުވި ދާއޫދް ނަބީގެ ފޮޓޯ ދައްކައިގެން އޭނާގެ ދަރިއެއް -- ރޮއިޓަރސް

ނިއުޒިލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި، ބަޑިން ހަމަލާދީ މަރާލި އެއްމެ ފުރަތަމަ މީހާ ފަހު ބަހަކީ "ހެލޯ ބްރަދަރ" ކަން، ހަމަލާދިން މީހާ ފޭސްބުކުން ލައިވް ސްޓްރީމް ކުރި ވީޑިއޯއިން ހާމަވެއްޖެއެވެ. 

ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުގައި މިސްކިތްތަކަށް ވަދެ ދިން ހަމަލާގައި 49 މީހަކު މަރުވެފައިވާ އިރު، އޭނާ ފުރަތަމަ މަރާލި މީހާއަކީ އަފްޣާނިސްތާނު ދަރިފަސްކޮޅަށް ނިސްބަތްވާ ދާއޫދް ނަބީ ކިޔާ 71 އަހަރުގެ މީހެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެެވެ. އޭނާއަކީ 1980ގެ އަހަރުތަކުގައި އަފްޣާނިސްތާނުން ނިއުޒިލެންޑަށްް ދިރިއުޅުން ބަދަލުކުރި މީހެކެވެ.

ނިއުޒިލެންޑްގެ ތާރީހުގައި ވެސް ދިން އެއްމެ ނުރައްކާތެރި ހަމަލާއާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެތަނުން އެކަކަކީ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓަރަންޓްއެވެ. އޭނާއަކީ މި ހަމަލާ ދައްކުވައިދޭ ވީޑިއޯގައި އުޅޭ މީހާ ކަން އޭނާ ދަންނަ ގިނަ ފަރާތްތަކަކުން ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

ދާއޫދް ނަބީގެ ފަހު ބަސްތަކާ ގުޅިގެން މީހުން ވަނީ މީސް މީޑިއާގައި އޭނާއަށް ތައުރީފްކޮށްފައެވެ. އަދި އެއްމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނާ އެ ދެއްކީ އިސްލާމް ދީންގެ ރިވެތި އުސޫލުތަކާއި އަހުލާގު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ބަޑި ހިފައިގެން ހުރި މީހާގެ ކުރިމަތީގައި ދާއޫދް ދެއްކި ހިތްވަރަށް އޭނާއަކީ ނަމޫނާ މުސްލިމެއް ކަމަށް ވެސް މީހުން ވަނީ ބުނެފައެވެ.

މި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ވަނީ ހަމަލާ ކުށްވެރިކޮށް ތައުޒިޔާގެ މެސެޖުތައް ފޮނުވާފައެވެ. އަދި ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އަރޑެން ވަނީ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވިދާޅުވެ، ހަމަލާގައި ބައިވެރިވި އެއްމެނަށް ހައްގު އަދަބު ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް