23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އެމްޑީޕީ ޕެނަލް ޑިސްކަޝަން

ވޯޓު ހޯދަން މި ވާހަކަ މި ދައްކަނީ، ވޯޓު ހޯދައިގެން ކަންކުރަން: ނަޝީދު

  • ހެޔޮ ވެރިކަމެއް ހިންގަން އެމްޑީޕީ އަށް ދަސްވެފައިވާ ކަމަށް ނަޝީދު ވިދާޅުވި
އަލީ ސަމާޚް | AliSamah8

| 16 މާރޗް 2019 | ހޮނިހިރު 00:37 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އެމްޑީޕީ ޑިސްކަޝަން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒް (ކ) ރައީސް ނަޝީދު (މ)ގެ އިތުރުން ހައުސިން މިނިސްޓަރު އަސްލަމް (ވ) -- އެމްޑީޕީ

މަޖިލީސް އިންތިހާބަށް ކައިރިކޮށް ތަފާތު ވާހަކަތައް ދައްކަވަނީ ވޯޓު ހޯދަން ކަމަށާއި، ވޯޓު ދިނުމުން ކަންކަން ކުރުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިޔަށް ގެންދާ ''އެޖެންޑާ 19'' ޕެނަލް ޑިސްކަޝަންގައި ބައިވެރިވި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީން މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ކަންތައްތައް ކުރުމުގެ ގާބިލްކަން އެ ޕާޓީގައި އެބަހުރި ކަމަށެވެ. އަދި ހަމައެއާ އެކު އެމްޑީޕީން ގެންގުޅޭ ނިޒާމަކީ ވޯޓު ހޯދައިގެން ކަންކަން ކުރުމުގެ ނިޒާމް ކަމަށް ވިދާޅުވިއެވެ.

'' އަޅުގަނޑުމެން މި ވާހަކަ މިދައްކަނީ، ވޯޓާއި ގާތްވީމަ ވޯޓު ހޯދަން. އިނގޭތޯ؟ އަޅުގަނޑު އެކަމަކާއެއް އިންކާރެއް ނުކުރަން. އަޅުގަނޑުމެން ގެންގުޅޭ ނިޒާމަކީ، ވޯޓު ހޯދައިގެން ކަންކަން ކުރާ ނިޒާމް. ވޯޓު އަޅުގަނޑުމެންނަށް ލިބުނީމާ ދެން އެއާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ،'' ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ސިޔާސަތުތައް ތަންފީޒު ކުރަން ދުވަސްތަކެއް ނަގާނެ ކަމަށާއި، އެ ކަންތައް ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަން ނަޝީދު ތަކުރާރު ކުރެއްވިއެވެ.

މަޖިލީހުގެ ޢައުލަބިއްޔަތު ނުލިބި ''އަތް ފައި ބަނދެވުނީމާ'' ވެފައިވާ ވައުދުތައް ފުއްދަން އުދަނގޫތަކާ ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ހެޔޮ ވެރިކަމެއް ހިންގަން އެމްޑީޕީ އަށް ދަސްވެފައިވާ ކަމަށާއި، އެ ޕާޓީގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ ދުރާލާ ރާވާލައިގެން ކަންތައް ކުރަން ދަސްވެފައިވާ ބޭފުޅުން ކަމަށެވެ.

ޕެނަލްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި، މާލެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކޮށްފައިވަނީ އެކަން ކުރަން ބޭނުންވެގެން ނޫން ކަމަށާއި، ދަފްތަރުގައި ރަޖިސްޓްރީ ވަނީ ރަށްރަށުން އެކަށީގެންވާ ހިދުމަތްތައް ނުލިބޭތީ ކަމަށެވެ.

''އަޅުގަނޑުމެން މި ދަނީ އޭގެ އަސްލު ހައްލުކުރަން. އެއީ މުޅި ރާއްޖޭގައި ސިއްހީ ހިދުމަތާއި، އެޑިއުކޭޝަންގެ ކަންތައްތަކާއި ބޯހިޔާވަހި ކަމާއި، މަސައްކަތް ކުރާނެ ވަޒީފާ ތަކާއި އެއްޗެހި ގާއިމް ކުރެވުނީމަކާއި އަމިއްލަ  ޒާތުގައި އެ ދަފްތަރުގައި ޖެހޭނީ ހަމައެކަނި ކޮންމެވެސް ހިތާ ހިތުގެ ގުޅުމަކުން މާލޭގައި އުޅެން ބޭނުންވާ މީހަކު'' މިނިސްޓަރު ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް