22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އެމްޑީޕީ

ހިންނަވަރު ދެ ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށް، ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް

  • ކައުންސިލްގެ ހަތަރު ގޮނޑި އެމްޑީޕީ
  • ކައުންސިލްގައި މިހާރު ހިމެނެނީ ޕީޕީއެމްގެ އެންމެ ކައުންސިލަރެއް
ދާނިޝް ނިޡާމް | Dhaanish_Nizam

| 15 މާރޗް 2019 | ހުކުރު 22:06 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އެމްޑިޕީއާއި ގުޅިވަޑައިގަތް މެމްބަރުން -- އާކައިވް

ޅ. ހިންނަވަރު ކައުންސިލްގެ ދެ މެމްބަރަކު އެމްޑީޕީއަށް ސޮއިކޮށް، އެ ކައުންސިލްގެ މެޖޯރިޓީ އެ ޕާޓީން ހޯދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވަނީ ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެމްބަރެއް އެމްޑީޕީއަށް ސޮއިކޮށްފައެވެ. އޭގެތެރޭގައި ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލަށް ހޮވިވަޑައިގަތް މުހައްމަދު ސޯލިހު އަދި ކައުންސިލް މެމްބަރު އާދަމް އަނީޒް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި ޕީޕީއެމްގެ އިސް ދެ އެކްޓިވެސްޓެއް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ހާއްސަ އައިޓަމެއްގެ ގޮތުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އަލަށް ސޮއި ކުރި ކެންޑިޑޭޓުންގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ހިންނަވަރު ކައުންސިލްގެ ދެ މެމްބަރަކު އެމްޑީޕިއަށް ސޮއި ކުރެއްވުމުން، އެ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ވަނީ ލިބިފައެވެ. އެ ދެ މެމްބަރުންނާ އެކު، އެ ރަށު ކައުންސިލްގައި މިހާރު ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ހަތަރު ކައުންސިލަރުންނާއި ޕީޕީއެމް ކައުންސިލަރެކެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފާއިތުވި 25 އަހަރު ދިފާއު ކުރެއްވި ހިންނަވަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީން ބޮޑު ތަފާތަކުން ޖީހާން މަހްމޫދު، ކާމިޔާބު ކުރެއްވީ ހަތަރު ކެންޑިޑޭޓުންނާ ވާދަކޮށް، 103 ވޯޓުގެ ތަފާތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް