22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ރައީސް ސޯލިހު

ރިޔާސީ އިންތިހާބުގައި އެހީވި ޕާޓީއެއްގެ މަތިން ހަނދާން ނައްތާނުލާނަން: ރައީސް

  • ވެރިކަން ފެށުނީއްސުރެ މި ދަނީ ވައުދުތައް ފުއްދުމަށް މަސަތްކަތްކުރަމުން
  • ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭނީ ވައުދުތަކަަށް ތާއީދުކުރައްވާ މެމްބަރުން
ދާނިޝް ނިޡާމް | Dhaanish_Nizam

| 15 މާރޗް 2019 | ހުކުރު 21:56 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ރައީސް ސޯލިހު ޖަލްސާގައި ވާހަކަދައްކަވަނީ -- އާކައިވް

ނިމިދިޔަ ރިޔާސީ އިންތިހާބު ބޮޑު އަޢްލަބިއްޔަތަކަުން ކާމިޔާބު ކުރުމަށް އެހީވެދިން އެއްވެސް ޕާޓީއެއްގެ މަތިން ހަނދާން ނައްތާނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއިރު އޮތް އަނިޔާވެރި ވެރިކަން ބަދަލުކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމުން އިސް ދައުރެއް އަދާކުރެއްވި ކަމަށާއި މިއަދު ކުރާ މަސަތްކަތުން އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނަހަދާނެ ކަމަށެވެ.

"އެނގިވަޑައިގަންނވާނެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު އަޢްލަބިއްޔަތެއްގެ ވޯޓު ލިބުނު ، އެކަން އަޅުގަނަޑަށް ކާމިޔާބުކުރެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސަތްކަތުން . ހާއްސަކޮށް އެމްޑީޕީގެ ބޮޑު ތާއިދާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫނާއު އަދިވެސް ވަކި ވަކި ފަރުދުންގެ ބުރަ މަސަތްކަތް އޭގައި ހިމެނޭ . އެ ދުވަހު އެ ހާލަތައް ބަލައި ރާއްޖެ ބަދަލުކުރުމަށް އެންމެންނަށް ގަބޫލުކުރެވޭތީ އެންމެން އެކުގައި ނިކުމެ އެ މަސަތްކަތް ކުރީ . އަޅުގަނޑު މި ވެރިކަމުގައި ހުރިހާ ދުވަހަކު އިރާދަކުރެއްވިއްޔާ އެއިން އެއްވެސް ބޭފުޅެއްގެ މަތިން ހަނދާނެއް ނެތިގެން ނުދާނެ . އަދި އަޅުގަނޑު މިއަދު ކުރަން ނިކުމެ މިހުރި މަސަތްކަތުން އެއިން އެއްވެސް ބޭފުޅަަކަށް ދެރަ ގޮތެއް ވިޔަ ނުދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ. 

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ރައްޔިތުން ބަދަލުކުރީ، އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ނައްތާލައި ލާމަރުކަޒީ ނިޒާމުން މި ރާއްޖެ ހިންގުމަށް ބަދަލުގެނެސް އަސާސީ ހިދުމަތް ތަފާތުކުރުމެއް ނެތި ރައްޔިތުން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ވައުދުތަކަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުުދުތަކެއް ކަމަށާއި އެ ވައުދުތަކާ ދުރަށް ދެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމަށް ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ކުރައްވާނެ ކަމަށާއި ވެރިކަން ފެށުނީއްސުރެ އެ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެންމެ ހިނދުކޮޅެއްގައި ވެސް މަޑުނުޖެހި ވައުދުތައް ފުއްދުމުގައި ކުރިއަށް ދާނަން،" ރައީސް ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގައި މަސްތަކަތް ކުރިއަށް ދާ ގޮތަށް އިޝާރާތް ކުރައްވައި ރައިީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭނީ ވައުދުތަކަަށް ތާއީދު ކުރައްވާ މެމްބަރުން ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ ތެރެއިން ގާނޫނުތައް ހަދައި ގާނޫނުގެ ތެރެއިން ބާރުތައް ހޯދަންޖެހޭ ކިތަންމެ ބައެއް އެބަ ހުރި ކަމަށާއި މަޖިލީހުގައި ސަރުކާރަށް ތާއީދު ނުވަތަ މެޖޯރިޓީ ނެތްނަމަ ސަރުކާރު ހިންގުމަށް ބުރޫ އަރާނެކަމަށެވެ.

" ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު ، ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭނީ އަޅުގަނޑު މި ދެންނެވި ވައުދުތަކަށް ތާއީދުކުރާ ވައުދުތައް ގަބޫލުކުރާ މެމްބަރުން . އެހެން ނޫނީ އެ ވައުދުތައް ފުއްދުމަކި ދަތި އުނދަގޫކަމަކަށް ވެގެންދާނެ . ގާނޫނުތައް ހަދަން އެބަޖެހޭ ، ގާނޫނޫތަކުގެ ތެރެއިން ބާރުތައް ހޯދަންޖެހޭ ކިތަންމެ ކަމެއް އެބަހުރި . ރައްޔިތުންގެ މަޖިލީހުގައި މި ދެންނެވި ކަންތައްތަކަަށް ތާއީދުކުރާ ބަޔަކަކު ނެތްކަމުގައި ވާނަމަ އަޅުގަނޑަށް ސަރުކާރު ހިންގުމަށް ދަތި އުނދަގޫތަކާއި ކުރިމަތިވާނެ  މިކަން އޮތީ އަޅުގަނޑުމެން މީގެކުރިންވެސް ތަޖުރިބާކޮށްފަ " ރައީސް ސޯލިހު ވިދާޅުވިއެވެ.

ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައިސް ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރުމަށް ވައުދުވި ކަންތައްތަކުގެ ތެރެއިން ހާސިލްވެފައިވާ ކަންތައްތައް އިއުލާނު ކުރައްވާފައެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މައިގަނޑު ސަބަަބަކީ ޖީހާން މަހުމޫދުގެ ކެމްޕެއިންގައި ބައިވެރިވެ ވޯޓް ހޯދައިދިނުން ކަމަށެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސް ސޯލިހު ހޮނިހިރު ދުވަހުގެ ހެނދުނު ޅ. އަތޮޅު ވެރިކަން ކުރާ ރަށް، ނައިފަރަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް