22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ބޮލީވުޑް

ކަލަންކްގެ ސެޓަށް 10 ކްރޯޑް!

  • މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 17 ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 15 މާރޗް 2019 | ހުކުރު 21:50 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ކަލަންކް ޕޯސްޓަރ -- އިންޑިއަން އެކްސްޕްރެސް

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން އުފައްދާ ފިލްމް "ކަލަންކް" ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒް ކުރާ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމަށެވެ.

އާލިއާ ބަޓް، ވަރުން ދަވަން، މާދުރީ ޑިކްސިޓް، ސަންޖޭ ދަތް، ސޯނާކްޝީ ސިންހާ އަދި އަދިތްޔާ ރޯއީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔަރުކޮށްފައިވާ ފިލްމެކެވެ. ފިލްމް ފެއަރ ގައި ރިޕޯޓްކޮށްފައިވާ ގޮތުން ދަރްމާ ޕްރޮޑަކްޝަނުން ވަނީ 10 ކްރޯޑް އިންޑިއަން ރުޕީސް ހޭދަކޮށްގެން މުމްބާއީގައި ކުރީގެ ދިއްލީ ދައްކުވައި ދޭ ސެޓެއް ވަނީ ތައްޔާރު ކޮށްފައެވެ.

ފިލްމްގެ ޓީޒާ މިހާރު ރިލީޒް ކޮށްފައިވައިރު ދެ މިނެޓްގެ މިޓީޒާއިން ފިލްމްގައި ލީޑް ރޯލް ކުޅެފައިވާ ހުރިހާ ކާސްތުން ވަނީ ފެނިގެން ގޮސްފައެވެ. އަދި އެ ޓީޒާގައި 1940 ގެ އަހަރުތަކުގެ ދުވަސްވަރު ދައްކުވައިދެއެވެ.

އަބީޝެކް ވަރުމާ ޑައިރެކްޓ ކުރާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ 17 ގައެވެ.

މި ފިލްމްގެ ޓީޒާ ލައުންޗް ކުރުމަށް ބޭއްވި ހަފްލާގައި ކަރަން ބުނެފައިވަނީ މި ފިލްމް އޭނާ އަށް ހާއްސަވާ އެއް ސަބަބަކީ "ކަލަންކް"އަކީ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ގެނެސް ދޭން އުޅުނު ފިލްމަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި މި ފިލްމްގެ މަސައްކަތް ފެށުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށްވުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް