22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ބޮލީވުޑް

ކުރިން ކުޅެފައި ހުރި ފިލްމްތައް ފެނުނީމަ، ސޯފާ ބިއްދޮށަށް ވަދެ ފިލަން: ޝިލްޕާ

  • ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެވޭނީ ނާކާމިޔާބީއާއި ކުރިމަތި ލައިގެން ކަމަށް ޝިޕްލާ ވަނީ ބުނެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 15 މާރޗް 2019 | ހުކުރު 20:36 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ޝިލްޕާ ޝެޓީ -- އިންޑިއަން އެކްސްޕްރެސް

ކުރިން ކުޅެފައި ހުރި ފިލްމްތައް ފެނުމުން ސޯފާ ބިއްދޮށަށް ވަދެ ފިލާ ކަމަށް، ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ ބުނެފިއެވެ.

ޝިލްޕާ ބުނެފައި ވަނީ އެނާއަށް ފިލްމުން ފުރުސަތު ލިބުމުން އަޖައިބުވާ ކަމަށާއި އެ ހުރިހާ ކަމަކީ ވެސް ތަގުދީރުގެ ނިޔާ ކަމަށް ޝިޕްލާ ވަނީ ބުނެފައެވެ.

ޝިޕްލާ ބުނެފައި ވަނީ އޭރު އެނާގެ ހުންނަނީ ބްލޮންޑް ހެއާއެއް ކަމަށާއި އާންމުކޮށް ފެންނާނީ ނޫ ލެންސް ލައްވާ ރަތް ލިޕްސްޓިކް ޖައްސާފައި ހުއްޓާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.

ގިނަ ރިއަލިޓީ ޝޯތަކުގައި ޖަޖްކަން ކުރަމުންދާ ޝިލްޕާ ބުނެފައި ވަނީ ފިލްމްތަކުން އޭނާއަށް ފުރުސަތު ލިބުން ދަތިވި ކަމަށާއި ފިލްމް އިންޑަސްޓްރީގައި ކުރިއަށްދާން އޭނާއަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރުން ހުއްޓާނުލާ ހިތްވަރާއި އެކު ކުރިއަށް ދިޔައީ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.

ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެވޭނީ ނާކާމިޔާބީއާއި ކުރިމަތި ލައިގެން ކަމަށް ޝިޕްލާ ވަނީ ބުނެފައެވެ.

"އަހަރެން އަބަދުވެސް ގަބޫލުކުރަން އަހަރެން ކުރަމުން މިދަނީ އެންމެ ރަނގަޅު މަސައްކަތް ކަމަށް. އަހަރެންނަކީ ބުރަކޮށް މަސައްކަތް ކުރާ މީހެއް،" ޝިލްޕާ ވަނީ ބުނެފައެވެ.

ޝާހުރުކް ޚާން އާއި އެކު "ބާޒީގަރު" އިން ބޮލީވުޑަށް ތަޢާރަފްވި ޝިލްޕާ ބުނެފައިވަނީ އެފިލްމަށް ފަހުވެސް އޭނާ ގިނަ ފުރުސަތު ތަކެއް ލިބުމަށް މަގުފަހިވެގެން ގޮސްފައި ނުވާ ކަމަށެވެ.

"އަހަރެންނަކަށް އިހުސާސެއް ނުކުރެވޭ މީހުން އަހަރެން އެކްޓަރެއްގެ ގޮތުގައި ބަލައިގަންނަ ކަމަކަށް.ފަހަރެއްގައި އަހަރެން އެހާ މޮޅީ ނޫންކަމަށްވެދާނެ. " ޝިލްޕާ ވަނީ ބުނެފައެވެ.

ޝިލްޕާ ބުނެފައި ވަނީ އިންޓަނޭޝަނަލް ރިއަލިޓީ ޝޯ "ބިގް ބްރަދާ" ވެގެން ގޮސްފައި ވަނީ އޭނާގެ ކެރިއާގައި މުހިއްމު ރޯލެއް ކުޅުނު ޝޯއެއް ކަމަށެވެ.

ވޭތިވެދިޔަ 25 އަހަރު އޭނާއަށް ލިބެންދާ ލޯބި ފިލްމެއްގައި މަސައްކަތް ކޮށްގެން ލިބޭނެ ލޯތްބަށް ވުރެ ބޮޑުކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.

އެކްޓްރެސްއަކަށް ވީ ގޮތް މިހާރު ހަނދާން ވެސް ނެތް ކަމަށާއި އެ ދަތުރު ހަނދާން ނައްތާލާފައިވާ ކަމަށް ޝިލްޕާ ވަނީ ބުނެފައއެވެ.

އުމުރުން 43 އަހަރުގެ ޝިލްޕާ ބުނެފައި ވަނީ އެކްޓް ކުރުމަށް ލޯބި ކުރާ ކަމަށާއި ނަމަވެސް ދަރިއަކު ލިބުނުފަހުން ދަރިފުޅުމާ މުހިއްމުވި ކަމަށެވެ. އަދި ފިލްމްގައި މަސައްކަތް ކުރާއިރު ގިނަ ވަގުތު ދަރިފުޅާ އެކު ހޭދަ ނުކުރެވޭނެތީ ފިލްމި ކުޅެން ބޭނުން ނުވާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.

ފިލްމްތަކުގައި ތަފާތު ކެރެކްޓާ ތަކުން ފެނުމަށްވުރެން މިހާރު އެނޭ ކުރަމުންދާ މަސައްކަތުން އޭނާއަކީ ޝިލްޕާގެ ގޮތުގައި މީހުނަށް ކަމުދާ ކަމަށް ޝިލްޕާވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް