20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ވޯޓްލުން

އެހެން އިންތިޚާބު ތަކަށްވުރެން މަޖިލީސް އިންތިޚާބު ޚައްސަވެފައި ތަފާތުވާނެ: އެޗްއާރުސީއެމް

  • މަޖިލީހަށް ބަޔަކު އިންތިޚާބު ކުރަނީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށް
  • މިނިވަން މުއައްސަސާތައް ޖަވާބު ދާރީ ކުރުވާ ބަޔަކީ ރައްޔިތުންގެ މަޖިލީސް
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 15 މާރޗް 2019 | ހުކުރު 17:37 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ރައްޔިތުންގެ މަޖިލީސް -- އާކައިވް

ރާއްޖޭގައި ތަފާތު އިންތިޚާބުތައް ބޭއްވިގެން ދާއިރު އެހެން ހުރިހާ އިންތިޚާބު ތަކަށްވުރެން ރައްޔިތުންގެ މަޖިލީސް އިންތިޚާބު ޚާއްސަވެ ތަފާތުވާނެ ކަމަސް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރުސީއެމް) ގެ ސީނިއަރ އެޑްވޮކެސީ އޮފިސަރ މޫސާ އިލްހާމް ވިދާޅުވެއްޖެއެވެ.

ވޯޓް ލުމުގެ ހައްގާއި ބެހޭގޮތުން އެޗްއާރު ސީއެމާއި އަދި އޭސީސީން ކުރިއަށް ގެންދާ މީޑިއާ އެޕިއަރެންސާއި ގުޅޭގޮތުން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޚާއްސަވެ ތަފާތުވާ  ވަރަށް ގިނަ ސަބަބަތަކެއް ވާކަމަށެވެ.

އެގޮތުން ފަސް އަހަރުގެ މުއްދަތަށް ރައްޔިތުންގެ މަޖިލީހަށް ބަޔަކު އިންތިޚާބު ކުރަނީ ރައްޔިތުންނަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށްޓަކައި ކަމަށެވެ. އަދ ރައްޔިތުންގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި އެކުލަވާލާ  ބަޖެޓްގައި އެކިއެކި ދާއިރާތަކަށް ބޭނުންވާނެ ކަންތައްތަކާއި ތަރަށްގީގެ މަޝްރޫއުތަށް ފާހަގަ ކޮށް އެކަންކަން ރައޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ނިންމުމާއި މިފަދަ އެތައް މުހިންމު މަސައްކަތްތަކެއް ކުރާ ތަނަކީ  ރައްޔިތުންގެ މަޖިލީސް ކަމަށް އިލްހާމް ވިދާޅުވިއެވެ.

އަދި މީން ކޮންމެ ކަމަކީވެސް ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ ކަންކަމަށާއި އެހެންކަމުން އެ މަޖިލިހަކީ މިފަދަ ވަރަށް  މުހިންމު މެންދޑޭޓް ތަކެއް އެ ތަނަކާއި ހަވާލު ކުރެވިފައިވަ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އިލްހާމް ވިދާޅުވީ މިނިވަން މުއައްސަސާތައް ޖަވާބު ދާރީ ކުރުވާ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށާއި އަދި އެއީ އެމަޖިލީހުގެ ޒިއްމާއެއް ކަމަށެވެ.

އެހެންކަމުން އެ މަޖިލީހުގެ މެންރުން ނަޒާހަތްތެރިކަމާ އެކު އެޒިއްމާ އަދަކުރާނަމަ ކޮންމެ މިނިވަން މުއްސަސާ އެއްވެސް އެ މުއައްސަސާއެއްގެ ޒިއްމާ ފުރިހަމަ ގޮތުގައި އަދާކުރާނެ ކަމަށެވެ.

އެހެންކަމުން ރައްޔިތުން އިންތީޚާބުތަކުގައި ބައިވެރިވެ ވޯޓް ލުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް