22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލް އެމްޑީޕީ ކެމްޕޭނުގައި

  • ނައިބް ރައީސް އަށް މަރުހަބާ ކިޔަން ގޮސްފައި ތިބީ އެމްޑީޕީ މީހުން
އަލީ ސަމާޚް | AliSamah8

| 15 މާރޗް 2019 | ހުކުރު 17:22 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ނައިބް ރައީސް ފައިސަލް ނަސީމް ލ. އަތޮޅުގައި -- ޓްވިޓަރ

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ, ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ލ. އަތޮޅަށް ވަޑައިގެންފިއެވެ.  

މައުލޫމާތު ލިބިފައިވާ ގޮތުން ފައިސަލް ބައިވެރިވެ ވަޑައިގަންނަ ވަނީ ގަމު ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރައްވާފައިވާ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ފޮނަދޫ ދާއިރާ، މާވަށު ދާއިރާގެ އިތުރުން އިސްދޫ ދާއިރާގެ ކެމްޕޭނުގައެވެ. ލ. އަތޮޅުން ވަނީ ނައިބް ރައީސް ފައިސަލަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މަރުހަބާ ދަންނަވަން ގޮސް ތިބި ގިނަ މީހުންނަކީ އެމްޑީޕީ އާންމު މެމްބަރުންނެވެ.

އެ ދާއިރާއަށް ނައިބް ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވާދަކުރައްވަނީ އާދަމް އާސިފް (އާސިއްޕެ) އެވެ. ނަަމަވެސް އާސިފްގެ ކެމްޕޭނުގައި ނައިބް ރައީސް ބައިވެރިވެ ވަޑައިގަންނަވާ ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މިފަހަކަށް އައީސް ޖޭޕީގެ އެއްވެސް ސިޔާސީ ހަރާކާތަކުން ނައިބް ރައީސް ފެނިވަޑައިގެންފައެއް ނުވެއެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރަން އެ ޕާޓީގެ ލިޑާރު ގާސިމް އިބްރާހިމް ނިންމަވާފައިވާއިރު އެ ނިންމުމަކީ ޖޭޕީގެ ކައުންސިލްގެ މެދުގައި ވޯޓެއް ނަގައިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.  

މީގެ އިތުރުން ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ގާސިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް