20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ރައީސް ސޯލިހު

ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންފި

  • މިރޭ ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހިންނަވަރުގައި އޮންނާނެ
ދާނިޝް ނިޡާމް | Dhaanish_Nizam

| 15 މާރޗް 2019 | ހުކުރު 17:17 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގަތުން -- އާކައިވް

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންވަރަށް ވަޑައިގެންފިއެވެ.

މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިންގައި ބައިވެރި ވެވަޑައިގަތުމަށް ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންފައި ވަނީ ހުކުރު ހަވީރު ވަގުތެއްގައެވެ. އެގޮތުން މިރޭ ވަނީ ހިންނަވަރުގައި އެމްޑީޕީގެ ގިނަ އަދައްގެ މެމްބަރުންނާއެކު ބޮޑު ޖަލްސާއެއް 9:00ގައި ބޭއްވުމަށް ހަމަޖެހިފައެވެ. މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޅ ކުރެންދޫ ޅ ނައިފަރު އަދި ހިންނަވަރު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

3 ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ސޯލިހު ހޮނިހިރު ދުވަހުގެ ހެނދުނު ޅ ނައިފަރު އަދި ކުރެންދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހިންނަވަރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ކަނަބަލުންގެ ފުޓްސަލް މެޗެއް ވެސް އިފްތިތާހު ކޮށްދެއްވާފައެވެ.

ރައީސް ސޯލިހު އެންމެ ފަހުން ހިންނަވަރަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ރ. އަތޮޅާއި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކުއްލި ގޮތަކަށް މިދިޔަ ޑިސެމްބަރު މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް