20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

އަލީ ނިޔާޒް

ހުޅުމާލެ ޑިވޮލޮމެންޓް ޕްލޭން އަލުން އެކުލަވައިލާން ޖެހޭ: ނިޔާޒް

  • ދާއިރާއަށް ކޮށްދެވޭނެ ކަމަކީ '' އެޖެންޑާ 19'' ގައި ހުރި ކަންތައްތައް ތަންފީޒު ކުރުން : ނިޔާ
އަލީ ސަމާޚް | AliSamah8

| 15 މާރޗް 2019 | ހުކުރު 16:43 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ނިޔާގެ ކެމްޕޭނު ޖަލްސާގެ ތެރެއިން -- ޓްވިޓަރ

ހުޅުމާލެ ތަރައްގީ ކުރުމަށްޓަކައި ހަދާފައިވާ ޑިވޮލޮޕްމެޓް ޕްލޭނާ ލޭންޑް ޔޫޒް ޕްލޭން އަލުން އެކުލަވާލައިލަން ޖެހޭ ކަމަށް ހުޅުމާލެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލި ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، ހުޅުމާލެ ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަދާފައިވާ ލޭންޑް ޔޫޒް މައްޗަށް ދެން ހުޅުމާލެ ތަރައްގީ ކުރުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތިއްޖާތަކެއް ނުކުންނާނެ ކަމެއް ކަަމަށެވެ.

''އެހެންވީމަ އަޅުގަނޑު އެދެން ސަރުކާރުގައި އަލުން ހުޅުމާލޭގެ ޑިވިލޮޕްމެންޓް ޕްލޭނާއި ލޭންޑް ޔޫޒް ޕްލޭން އެކުލަވައިލުމަށް. އެހެން ނަމަވެސް މި ފަހަރު އެކަން ކުރައްވަންވާނީ ހުޅުމާލޭގެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ފަހު'' ނިޔާ ވިދާޅުވިއެވެ.   

އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިޝާރާތް ކުރައްވާ ނިޔާ ވިދާޅުވީ، އެ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ކަމާ އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، ސަރުކާރުގެ ކެންޑިޑޭޓަކަށް ވީހިދު އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވަން ބޭނުންނުވާ ކަމަށެވެ.

އެކަމަކު ދެން ތިބި ކެންޑިޑޭޓުންނަކީ ހުޅުމާލެ ދާއިރާއަށް ވޯޓު ވެސް ލެވޭ ބޭފުޅުންތަކެއް ނޫން ކަން ނިޔާ ފާހާގަކުރެއްވެވިއެވެ. ހުޅުމާލޭގައި ހަ އަހަރު ވަންދެން ދިރިއުޅެމުންދާ ރައްޔިތެއްގެ ހައިސީޔަތުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކާއި ހައްލު ކުރަން ޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް ދެނެގަނެފައިވާ ކަމަށް ވިދާޅުވިއެވެ.

ދާއިރާއަށް ކޮށްދެވޭނެ ކަމަކީ ''އެޖެންޑާ 19''ގައި ހުރި ކަންތައްތައް ތަންފީޒު ކުރުން ކަމަށާއި، މަޖިލީހުގައި ތަމްސީލު ކުރަން ފުރުސަތު ލިބިއްޖެއްޔާ މަސައްކަތް ކުރައްވާނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި ކަމަށްވެސް ނިޔާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ނިޔާއަށް ތާއިދު ކުރައްވާ ކަމަށް ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވިދާޅުވެފައެވެ. މިސަރުކާރު ގެނައުމަށް ނިޔާ ކުރެއްވި މަސައްކަތަށް އަލީ ވަނީ ތައުރީފް ކުރައްވާފައެވެ. 

އަންނަ މަހުގެ ހަވަަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިޔާ ހިމެނޭ ގޮތަށް ހުޅުމާލެ ދާއިރާ އަށް 6 ބޭފުޅަކު ވާދަކުރައްވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް