22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ޖުމްހޫރީ ޕާޓީ

ޖޭޕީ ކައުންސިލް ހޫނުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ގާސިމް ނުސީދާކޮށް ގޮވާލައްވައިފި

  • ޕާޓީން ވަކިވުމުގެ ކުރިން، ސަރުކާރުން ވަކިވުމަށް ގާސިމް ގޮވާލެއްވި
ޙުސައިން ޙަސަން | hucenhassan

| 15 މާރޗް 2019 | ހުކުރު 16:36 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޖޭޕީގެ ރައީސް އަލީ ވަހީދު -- ސޯޝަލް މީޑިއާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު މަޖިލިސް އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ނުކުންނަން ނިންމުމުން، އެކަމަށް ތާއިދު ނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން، އެމަނިކުފާނުގެ އިސްތިއުފާއަށް ނުސީދާކޮށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ޔާމީންގެ ތާއިދާ އެކު, ޕީޕީއެމާއި ޕީއެންސީއާ ގުޅިގެން ޖޭޕީން، މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމުމުން، ޖޭޕީގެ ފަރާތުން ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅުން އެކަމާ ދެކޮޅު ހައްދަވަމުން ގެންދަވާތީ، ގާސިމް ވަނީ ޖޭޕީ ކައުންސިލް މެމްބަރުން ހިމެނޭ "ވަޓްސްއެޕް" ގްރޫޕުގައި ހުކުރު ދުވަހު ހާއްސަ މެސެޖެއް ލިޔުއްވާފައެވެ.

ގާސިމް ވިދާޅުވީ ޖޭޕީ ނިކަމެތިވާނެ ކަމެއް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ޖޭޕީގެ ފަރާތުން ސަރުކާރުގެ މަގާމަކަށް ވަޑައިގެން ހުންނެވި ބޭފުޅަކު ޕާޓީން ވަކިވުމުގެ ކުރިން، ކުރައްވަންވީ ކަމަކީ ސަރުކާރުން ލިބިފައިވާ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އެގޮތަށް ވިދާޅުވެފައިވެފައި ވަނީ އަލީ ވަހީދު ވިދާޅުވި ވާހަކަފުޅަކަށެވެ. ބުރާސްފަތި ދުވަހުގެ ރޭ އަލީ ވަހީދު ވިދާޅުވެފައި ވަނީ އިހުލާސްތެރި މަސައްކަތް ޖޭޕީގެ ލީޑަރަކަށް ގަބޫލުނުކުރެވޭނަމަ، ޖޭޕީގައި އެންމެ ސިކުންތަކު ވެސް ހުންނަން ބޭނުން ނުވާ ކަމަށެވެ.

އާންމުވެފައިވާ ޖޭޕީ ކައުންސިލްގެ ސްކްރީންޝޮޓްތައް

އަލީ ވަހީދު އެހެން ވިދާޅުވެފައި ވުމުން، ގާސިމް ނުސީދާކޮށް އެ ގޮވާލެއްވީ ވަޒީރުކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށެވެ. ގާސިމް އެގޮތަށް ގޮވާލެއްވުމުން، ޖޭޕީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕުގައި އަލީ ވަހީދު ވިދާޅުވީ ސަރުކާރު މަގާމުތަކަށް ވަޑައިގެންނެވި ޖޭޕީގެ މެމްބަރުން ބަދުނާމު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ހައްގު މިންވަރު ހޯދީ ކުރި ބުރަމަސައްކަތުން ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު ވިދާޅުވީ ޖޭޕީން ކުރި ބުރަ މަސައްކަތާއި ކުރި އިތުބާރު ހަނދާން ނުނެތޭ ކަމަށާއި ހަމަ އެގޮތަށް އަނިޔާވެރިން ކުރި އަނިޔާ ވެސް ހަނދާނެއް ނުނެތޭ ކަމަށެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ޖޭޕީއަށާއި ގައުމަށް އިހްލާސްތެރިވި ހުރިހާ މެމްބަރުންނަށް ތާއިދު ކުރާނަން،" ވަޓްސްއެޕް ގްރޫޕުގައި އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

ޖޭޕީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ގާސިމްގެ ވާހަކަފުޅަށް ތާއިދު ކުރައްވައި މެސެޖު ލިޔުއްވާފައި ވަނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ފަސް ވަޒީރުންގެ ތެރެއިން ތިން ވަޒީރަކު ވަނީ ފާޅުގައި ގާސިމްގެ ނިންމެވުމަށް ދެކޮޅު ހައްދަވައި، ސަރުކާރު ދިފާއު ކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Jalugolhi

7 ދުވަަސް ކުރިން

Gasim ves jalah vadaigen 5 aharu vandhen jalugai onnava yameen minivan kurehvi dhuvahakun nikume vadaigen ppm aai coalition hehdhaven keeh thw, mdp meehunvegeves masahkathai eku yameenuge aniyaain salaamai vevumun annekkaa yameen aai coalition hadhai sarukaaru vahtaalun thw thibuna " ihusaantheri kamaky"

2
0