23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ބަނގްލަދޭޝް ކްރިކެޓް

ނިއުޒީލެންޑުގެ މިސްކިތަށް ދިން ހަަމަލާއިން ބަނގްލަދޭޝް ޓީމް ވަނީ ސަލާމަތްވެފައި

 • ޓީމަށް ކްރައިސްޓްޗަރޗް މިސްކިތަށް ދެވުނީ ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން
 • މިހާތަނަށް މިހާދިސާގައި 49 މީހުން މަރާލާފައިވާއިރު 40 މީހަކު ވަނީ ޒަހަމްވެފަ
 • ކްރިކެޓް މެޗުތަށް މިވަގުތަށް ވަނީ މެދު ކަނޑައިލައިފަ
މިއުނާ ހަސަން | @miuna_hassan

| 15 މާރޗް 2019 | ހުކުރު 16:25 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ބަނގްލަދޭޝް ކްރިކެޓް ޓީމް -- ގޫގުލް

ނިއުޒީލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ބަޑިހިފައިގެން ތިބި ބަޔަކު ވަދެ ހުކުރު ދުވަހު ދިން ހަމަލާތަކުން ބަނގްލަދޭޝްގެ ކްރިކެޓް ޓީމް ސަލާމަތްވެފައިވާ ކަމަށް ޓަމިމް އިގްބާލް ބުނެފިއެވެ.

ބަނގްލަދޭޝް ކްރިކެޓް ޓީމްގެ ބެޓްސްމަން ޓަމިމް އިގްބާލް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓީމްގެ ހުރިހާ މެމްބަރުން އެ ހަމަލާއިން ސަލާމަތްވެފައި ވާކަމަށެވެ.

ކްރިކެޓް ޓީމުގެ މެނޭޖަރ ޙާލެދް މަސްއުދް ބުނެފައި ވަނީ ޓީމަށް ކްރައިސްޓްޗަރޗް މިސްކިތަށް ދެވުނީ ހަމަލާގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށާއި، މިސްކިތަށް ގޮސް ޓީމުގެ މެމްބަރުން ތިބި ބަސް ޕާރކިން ލޮޓުގައި ޕާރކް ކުރުމަށްފަހު ޓީމު ބަހުން ފައިބައިގެން މިސްކިތަށް ވަންނަން ދިޔަ އިރު ހަމަލާތަކުގެ އަޑު އިވޭ ކަމަށެވެ. އޭރު ޒަހަމްވެފައިވާ މީހުން އެހީއަކަށް އެދި ގޮވަމުން މިސްކިތުން ނުކުންނަތަން ފެނުން ކަމަށެވެ.

ބަނގްލަދޭޝް ޓީމުގެ މީޑިއާ އޮފިޝަލް މުހައްމަދް އިސްލާމް އީއެސްޕީއެން އަދި ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިސްކިތަށް ވަންނަން ދިޔަ ކުޅުންތެރިޔެއް މިސްކިތަށް ނުވަނުމަށް ބުނަމުން ދުވެފައި އެނބުރި ޕާރކިން ލޮޓަށް އައިކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ވެގެން އުޅޭ ގޮތެއް ބެލުމަށް މިސްކިތާއި ކާރިއަށް އޭނާ ދިޔައިރު މަރާލާފައިވާ ފަސް މީހުންގެ ހަށިގަނޑު ފެންނަން އޮތް ކަމަށާއި އޭރު އެހެން މީހަކު ޒަހަމްތަކަކާއެކު މިސްކިތުން ނުކުމެގެން އައި ކަމަށެވެ. އަދި އޭނާ އެނބުރި ޕާރކިންލޮޓްއަށް އައިރު ސަލާމަތް ވުމަށް ޓީމް ކައިރީގައި އޮތް ޕާރކަކާއި ދިމާލަށް ދުވަން ފަށާފައިވާ ކަމަށާއި އެތަނުން ދުރަށް ދިއުމަށް ޓީމުގެ މެމެބަރުން އޭނާއަށް ގޮވަމުން ދިޔަކަމަށެވެ.

މިހާތަނަށް މިހާދިސާގައި 49 މީހުން މަރާލާފައިވާއިރު 40 މީހަކު ވަނީ ޒަހަމްވެފައެވެ.

ހުކުރު ދުވަހު ހިނގާދިޔަ ޓެރެރިސްޓް ހަމަލާގެ ސަބަބުން ނިއު ޒިލެންޑްގެ ކްރިކެޓް އިދާރާއިން ވަނީ ކްރިކެޓް މެޗުތަށް ކުޅުން މެދު ކަނޑާލާފައެވެ.

ނިއު ޒިލެނޑް ކްރިކެޓްގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ވައިޓް ވިދާޅުވީ ބަނގްލަދޭޝް ޓީމާއި މަޝްވަރާ ކުރުމަށްފަހު މެޗުތަށް މެދު ކަނޑާލައިފައި ވާކަމަށެވެ. ހަމަ އެހެންމެ ދެ ޤައުމުގެ ކްރިކެޓް ޓީމަށް މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށާއި، މި ވަގުތު އިތުރު ޓީމްތަކެއް އައުމާއި މެޗުތަށް ކުރިއަށް ގެންސދިއުން އެއީ އެހާ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށެވެ.

ބަނގްލަދޭޝް އާއި ނިއުޒިލެނޑް ވާދަކުރާ ކްރިކެޓް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް 16 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ހިނގާދިޔަ ހާދިސާއަށް ފަހު މިމެޗު 16 ވަނަ ދުވަހު ނުކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް