22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އަލީ ވަހީދު

އަޅުގަނޑު ކުރި މަސައްކަތް ބަލައިނުގަންނަ ނަމަ ޕާޓީގައި ހުންނާކަށް ބޭނުމެއް ނޫން: އަލީ ވަހީދު

  • ޔާމީންގެ އަނިޔާވެރިކަން ހިތުން ނުފިލާނެ
  • ޖޭޕީ އަދި އެމްޑީޕީން ދެކޮޅުވެރިކަން އުފެދިއްޖެނަމަ ލީޑަރުންގެ ގާބިލްކަމެއް ނެތް
އަމްނާ އިމާދު | @amnabinthimad

| 15 މާރޗް 2019 | ހުކުރު 15:36 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އަލީ ވަހީދު އެމްޑީޕީ ޕޯޑިއަމެއްގައި ވާހަަކަފުޅު ދައްކަވަނީ -- ސޯޝަލް މީޑިއާ

އަޅުގަނޑުމެން ކުރި އިހުލާސްތެރި މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ލީޑަރަށް އެކަން ގަބޫލުނުކުރެވޭ ކަމަށްވަންޏާ އެ ޕާޓީގަ އެންމެ ސިކުންތަކު ވެސް ހުންނަން ބޭނުން ނުވާ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒުގެ ކެމްޕޭނު ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ބައިވެރިވެވަޑައިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަލީ ވަހީދު ވިދާޅުވީ އަޅުގަނޑުމެން ކުރި އިހުލާސްތެރި މަސައްކަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރާއި، ޖުމްހޫރީ ޕާޓީއަށް އެކަން ގަބޫލުނުކުރެވޭ ކަމަށްވަންޏާ ނުވަތަ އިތުބާރު ނެތިއްޔާ އެ ޕާޓީގަ ވެސް އެންމެ ސިކުންތަކު ވެސް ހުންނާކަށް ބޭނުމެއް ނޫން ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށްށާއި، ސަރުކާރަށް އަޅުގަނޑުމެން ކުރި އިހްލާސްތެރި މަސައްކަތާއި އިތުބާރު ނެތިއްޔާ ވެސް އެންމެ ހިނދުކޮޅަކު ސަރުކާރުގެ މަގާމުގަ ވެސް ހުންނަން ބޭނުންނުވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިނިސްޓަރު ވިދާޅުވީ ކުރިއަށްއަޅާ އެއްވެސް ފިޔަވަޅެއް ޔާމީންގެ އިތުރުން ފާތުމާއެކު ވެސް އަޅަން ބޭނުންނުވާ ކަމަށާއި، އެ އަނިޔާވެރިކަން ހިތުން ދުވަހަކު ވެސް ނުފިލާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެ ވެރިކަން ހަމަބިމަށް ތިރިކުރީ ރައްޔިތުން ކަމަށާއި، 5000 ވޯޓުގެ ފަރަގެއް އައި ނަމަވެސް އޮޅުވާލާނެ ކަމަށެވެ.

"އެއިންތިޚާބު 5000 ވޯޓަށް ކައިރި ނަމަވެސް ހިލާލިސް. އަޅުގަނޑުމެން އެރޭ ތިބީ ވޯޓު ގުނަން.  އެއީ އަޅުގަނޑުމެންނަށް ގައުމަށް އާދެވޭނެތޯ. އަދި ފަސް އަހަރަށް ރެފިއުޖީއެއްގެ ގޮތުގައި އުޅެންވީތޯ އަޅުގަނޑުމެން ކުރިމަތީގަ އޮތް ސުވާލަކީ އޮޅުވާލަން މީހަކު ފޮށީގަ އަތް އަޅަން ވެސް ޖެހެލުންވާ ވަރަށް ދިވެހިރައްޔިތުން ފަރަގު ކަނޑާލި. އެހެންވީމަ ފައިބަން ޖެހުނީ. އެހެން ނޫންނަމަ ނުފައިބާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޔާމީނާ އުފެދުނު ދެކޮޅުވެރިކަމަށްވުރެ ބޮޑަށް ޖޭޕީ އަދި އެމްޑީޕީން ދެކޮޅުވެރިކަން އުފެދިއްޖެނަމަ މި ލީޑަރުންގެ ގާބިލްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ 25 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ އެތައް ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މިވެރިކަން ދިފާއު ކުރެއްވުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް