24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ފަލަ ސުރުޚީ

ރާޅުގަނޑު ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު ވަނީ ފަށާފައި: ޝިފާ

  • ސާފުވައި ލިބޭ ހިތްހަމަޖެހޭނެ މާހައުލެއް ގިނަ ރައްޔިތުން ބޭނުންވޭ
  • އެސަރަހައްދު ތަރައްގީ ކުރަނީ ފެހި ގަސްތަކާއެކު ޖަޒީރާވަންތަކޮށް
އަމްނާ އިމާދު | @amnabinthimad

| 15 މާރޗް 2019 | ހުކުރު 11:51 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


މާލެ، ރާޅުގަނޑު ސަރަހައްދު -- ޓްވިޓަރ

ރާޅުގަނޑު ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށާފައިވާ ކަމަށާއި، އެތަނުގައި ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، ސާފުވައި ލިބޭ ހިތްހަމަޖެހޭނެ މާހައުލެއް ގިނަ ރައްޔިތުން ބޭނުންވާ ކަމަށާއި، ހުރިހާތަނެއްގައި ވެހިކަލްތައް ޕާކުކުރުމަށް ނުވަތަ އިމާރާތް ކުރުމަށް ގިނަ ފަރާތްތަކުން ބޭނުންނުވާ ކަމަށެވެ.

ޝިފާ ވިދާޅުވީ ރާޅުގަނޑު ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެތަން ތަރައްގީ ކުރާނީ ޖަޒީރާވަންތަކޮށް ކަމަށާއި، އެސަރަހައްދުން ދިވެހިންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.

"ހިތްހަމަޖައްސާލާ ތަނެއްގެ ގޮތުގަ އެސަހައްދު ތަރައްގީ ކުރެވިގެންދާނީ. އެއީ ރައްޔިތުން ބޭނުންވާ ގޮތް. ހަމަ ރުއް ހައްދާފަ ދިވެހި ރާއްޖޭގެ ހެދޭ ގަސްތައް އިންދާ ފެހި މާހައުލެއްގެ ގޮތުގަ ކުރިއަށް އޮތްތާގަ އެތަން ފަރުމާ ކުރެވެމުން މިދަނީ." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ކަސްރަތު ކުރާ މީހުންނާއި، ކުޅިވަރުކުޅެވޭ ގޮތަށް ތަރައްގީ ކުރާއިރު، އެސަރައްހަދުގައި މަސްބޭނުމަށް ޚާއްސަ ސަރަހައްދެއް ވެސް ހެދިގެންދާނެ ކަމަށެވެ. މީގެ އިތުރަށް ޝިފާ ވިދާޅުވީ އެސަރަހައްދަކީ ޗައިނާއިން ސިމެންތީގެ މަސައްކަތްތައް ކުރި ސަރަހައްދެއް ކަމަށާއި، މިހާރު އެތަނުގަ ހުރި ބޮޑެތި ކޮންކްރީޓްތައް ނަގައި ސާފުކުރެވިފައިވާ ކަމަށެވެ.

ޝިފާ ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާއިރު، ދެތިން މަހެއްގެ ތެރޭގައި ގަސްއިންދުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށާއި، ވެލިއަޅައި ބިންގަނޑު ވެސް އެއްވަރު ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް