20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ފަލަ ސުރުހީ

ޕޭ ޓޮއިލެޓްތައް ހުރީ ބަންދުކުރާ ހާލަތުގައި: މޭޔަރު ޝިިފާ

  • މާލެ ސިޓީ ސާފުވާން ޖެހޭ
  • ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުކުރުމަށް މިއީ ކުރަންޖެހޭ މުހިންމު ކަމެއް
އަމްނާ އިމާދު | @amnabinthimad

| 15 މާރޗް 2019 | ހުކުރު 11:23 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ރާއްޖެޓީވީގެ ފަލަސުރުހީގައި -- ރާއްޖެއެމްވީ

މާލޭގައި ހުރި ކުލީ ފާހާނާބަރިތައް ހުރީ ވަރަށް ދެރަ ހާލަތެއްގައި ކަމަށާއި، ފުލުހުންގެ އެހީ އާއިއެކު އެތަންތަން ބަންދުކުރަންޖެހޭ ހާލަތަށް ގޮސްފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، މާލެއަކީ ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެއް ކަމަށެވެ. އަދި ޚާއްސަކޮށް ޕަސެންޖަރ ލައިނާތަކުން ގިނަ އަދަދެއްގެ ބޭރުގެ ފަތުރުވެރިން މާލެއަށް ޒިޔާރަތް ކުރާ ކަމަށް ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ މާލެއަކީ ކެޕިޓަލް ސިޓީކަމުން މާލެ ރީތިވެފަ ސާފުވާންޖެހޭ ކަމަށާއި، ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުކުރުމަށް އެއީ ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ. އަދި މާލޭގައި ވެސް ފަތުރުވެރިންނަށް ޒިޔާރަތްކޮށް ބަލާނެ ތަންތަން ހުންނައިރު ރަނގަޅު ފެންވަރެއްގައި ޚިދުމަތްދެވޭ ތަނެއްކަށް ވެސް ވާންޖެހޭ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން މަސްވެރިންގެ ޕާކަކީ ފަތުރުވެރިން އާންމުކޮށް ފައިބާ ދިމާކަމަށްވާތީ އެސަރަހައްދުގައި ރަނގަޅު ފެންވަރުގެ ޕޭ ޓޮއިލެޓްތަކެއް ހަދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ޕޭ ޓޮއިލެޓްތައް ހުރީ ބަންދު ކުރާ ހަލަތުގައި ކަމަށާއި، މިދިޔަ 7 އަހަރުގެ ތެރޭގައި އެތަންތަން އެއްވެސް ގޮތަކަށް ބަލަހައްޓާފައިނުވާ ކަމަށެވެ. އަދި އެތަންތަން ބަންދުކުރުމަށްފަހު ރަނގަޅުފެންވަރެއްގައި ޕޭޓޮއިލެޓްތައް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާ އަންހެނުން ފިރިހެންނަށް ވަކިން ފާހަނާ އެތަނުގަ ހެދެންޖެހޭ. ފަތުރުވެރިންނަށް ޚިދުމަތްދޭނެ ބައެއް ތަންތަން އެތާގަ ހުންނަންޖެހޭ. އެހެންވީމަ އެގޮތަށް ޑިސައިޑްކޮށްގެން މަސްވެރިންގެ ޕާކު މިގެންދަނީ. އެހެން ނަމަވެސް މުޅި ޕާކެއް ނޫން. ވަކި ސަރަހައްދެއްގައި ހުންނަ ވެހިކަލްތައް ޕާކުކޮށްލެވޭނެ ގޮތަކަށް. އެކަމަކު ބޮޑު ސަރަހައްދު މިނަގަނީ މިދަންނަވާ ގޮތަށް" ޝިފާ ވިދާޅުވިއެވެ.

އެ ސަރަހައްދުން ދިވެހި ލޯންޗު ފަހަރުތަކަށް ލަފާފުރޭނެކަން ފާހަގަކުރައްވައި ޟިފާ ވިދާޅުވީ މިހާރު ވެސް ރައްޔިތުން ލަފާކުރުމުގެ ކަންތައްތައް އޮތީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

ޝިފާ ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުން ފެރީތަކަށް ފުރޭގޮތް ހަމަޖެއްސުމަށް އެމްޓީސީސީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، މިކަން ވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް