23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ނިއުޒީލެންޑްގެ ބަޑީގެ ހަމަލާ

ނިއުޒީލެންޑްގެ ދެ މިސްކިތަކަށް ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލާއިފި

  • ހަމަލާ ދިނީ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ބައެއްކަމަށް ތުހުމަތުކުރޭ
އަބުދުﷲ މުހައްމަދު | 8Abbo

| 15 މާރޗް 2019 | ހުކުރު 11:19 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ހަމަލާއާއި ގުޅިގެން ހަތަރު މީހަކުވަނީ ހައްޔަރުކޮށްފައި -- ރޮއިޓަރސް

ނިއުޒީލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ބަޑިހިފައިގެން ތިބި ބަޔަކު ހުކުރު ދުވަހު ވަދެ، ބަޑީގެ ހަމަލާތަކެއްދީ އެތައް ބަޔަކު މަރާލައިފި އެވެ. 

ބޮޑުވަޒީރު ޖެސިކާ އާޑެން ވިދާޅުވީ ހަމަލާތަކުގައި 40 މީހަކު މަރާލާފައިވާކަމަށާއި، 20 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާދެމުން އަންނަކަމަށެވެ. އަދި އެތަންތަނުގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި، މިވަގުތު އޮތީ ބަދަލުވަމުންދާ ހާލަތެއްގައިކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. 

ބޮޑުވަޒީރުވަނީ މިއީ އެ ގައުމުގައި "ކަޅު ދުވަހެއް"ގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ފުލުހުންގެ ކޮމިޝަނަރ މައިކް ބުޝް ވިދާޅުވީ ހަމަލާއާއި ގުޅިގެން ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް ކޮމިޝަނަރ ވިދާޅުވީ ހަމަލާގެ ބިރުވެރިކަން މުޅިން ފިލާ ދިޔައީކަމަށް އަދި ނުނިންމާ ކަމަށެވެ.

ޓީވީއެންޒެޑްގެ ރިޕޯޓަރ ސަމް ކްލާކްވަނީ ހަމަލާދޭން ފެށި ވަގުތު، މަސްޖިދު އަލް ނޫރުގައި ތިބި އެތައް ބަޔަކާ ވާހަކަދައްކާފައެވެ. އަލް ޖަޒީރާގައި އޭނާ ބުނެފައިވަނީ އޮޓަމެޓިކް ބަޑި ހިފައިގެން ހުރި ފިރެހެނަކު މިސްކިތަށް ވަދެ ހަމަލާ ދޭން ފެށީކަމަށެވެ.

"ބަޑިއެއް ހިފައިގެން ކަޅު ހެދުމެއްލައިގެން ހެލްމެޓް އަޅައިގެން ހުރި އެ މީހާ މިސްކިތުގެ ފަހަތުން އައިސް އަޅުކަމުގައި ތިބި މީހުންނަށް ހަމަލާދޭން ފެށީ." ކްލާކް ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ދެވަނަ ހަމަލާ ދީފައިވަނީ ލިންވުޑް މިސްކިތުގައި ހުކުރު ނަމާދަށް ތިއްބާކަމަށެވެ. މި ހަމަލާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އާއްމުކޮށް ސުލްހަވެރި ގައުމެއްގެ ގޮތުގައި ފާހަގަވާ ޕެސިފިކްގެ މި ގައުމުގައި ދިން ހަމަލާތަކަށްފަހު ވަނީ މިސްކިތްތަކާއި ސްކޫލްތައް ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް