23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އެޖެންޑާ 19

ރައީސް ނަޝީދާއި ވަޒީރުންނާ ބައިވެރިވެވަޑައިގަންނަވާ ޕެނަލް ޑިސްކަޝަނެއް މިރޭ

  • ޕްލޭނިންގ މިނިސްޓަރ ފައްޔާޒް އިސްމާއިލާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގަންނަވާ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 15 މާރޗް 2019 | ހުކުރު 11:14 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އެމްޑީޕީންް ބޭއްވި ކެމްޕޭން އިވެންޓެއްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް

އެޖެންޑާ 19ގައި ހިމެނޭ ބޯހިޔާވެހިކަން ކަށަވަރުކުރުމުގެ ސިޔާސަތާއި ގުޅޭ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ. 

އެޖެންޑާ 19 ގެ ފަހުރުވެރި އާއިލާގެ ތެރެއިން، ބޯހިޔާވެހިކަން ކަށަވަރުކުރުމުގެ ސިޔާސާތާއި ގުޅޭ ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ. އެ ޕެނަަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ ގާކޮށި ފްލެޓް ސަރަހައްދުގައި ކަމަށް އެމްޑީޕީން ބުންޏެވެ.

މި ޕެނަލް ޑިސްކަޝަންގައި އެމްޑީޕީގެ ސިޔާސަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ހަމަޖެހިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރުގެ ވަޒީރުން ކަމަށްވާ، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި، އިކޮނޮޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ބުނީ، ޕެނަލް ކުރިއަށްދާއިރު، ސިޔާސަތާއި ގުޅެގޮތުން ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ ކަމަށެވެ. 

އެމްޑީޕީ ބުނީ، އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ގޮތުގައި ރާއްޖޭގައި 40،000 ބޯހިޔާވެހިކަން އުފައްދަންޖެހޭ ކަމަށެވެ. އަދި އެ ކަންކަން އިތުރަށް ދެނެގަތުމަށް ސަރުކާރުން އަވަސް ފުރުސަތެއްގެ ތެރޭގައި ދިރާސާއެއް ހިންގުމަށް ޤާނޫނުގައި ލާޒިމުކުރުވޭނެ ކަމަށް ސިޔާސަތުގައިވެއެވެ. 

ރާއްޖޭގެ ރަށްތަކުގަ އާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ބޯހިޔާވެހިކަން އުފައްދާނެ ގޮތްތަކާއި އެ ބޯހިޔާވެހިކަން ޙައްޤުވާ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ޤާނޫނުން ކަނޑައެޅޭނެކަމަށް އެ ކަރުދާހުގައި ބުނެފައިވާއިރު، ވަކި ރަށެއް ނުވަތަ ތަނަކަށް ހިޖުރަކުރުން މަޖުބޫރުކުރާކުރުން ޤާނޫނުން މަނާކުރެވޭނެކަމަށް ކަރުދާހުގައި ބުނެފަައިވެއެވެ. 

އޭގެއިތުރުން މާލެއާއި ވިލިގިއްޔާއި އަދި ވިލިގިއްޔާއި، ގުޅީފަޅު، އަދި ގުޅީފަޅާއި، ތިލަފުށި ގުޅުވާލާ މަގުގެ މަސައްކަތާއި، ގުޅީފަޅު އަދި ތިލަފުށީ ފަޅުން ނުހިއްކިވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ އެންމެހައި އިލްމީ އަދި ފަންނީ ޑިޒައިންތަކާއި ކުރެހުންތައް، ހިސާބުތަކާއި މުތޯލިޔާތައް އެކުލަވާލުމާއި، އަދި އެ ޑިޒައިންތަކާއި ކުރެހުންތަކާއި، ހިސާބުތަކާއި މުތާލިޔާތަކާއި އެއްގޮތަށް މަސައްކަތް ޓެންޑަރކުރުމާއި، އެ ޓެންޑަރ ކާމިޔާބުކުރާ ފަރާތްތަކަށް ކޮންޓްރެކްޓް ހަވާލުކުރާނޭ އުސޫލުތައް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ކަނޑައެޅޭނެކަމަށް ކަރުދާހުގައި ބުނެފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް