22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ތެލުގެ އަގު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

  • ޑީސަލް ލީޓަރަކުން 72 ލާރި ވަނީ ބޮޑުކޮށްފައި
  • ޕެޓްރޯލް ލީޓަރަކުން 60 ލާރި ބޮޑުވާނެ
ސިމާހާ ނަސީމް | sim_kamana

| 15 މާރޗް 2019 | ހުކުރު 08:23 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އެފްއެސްއެމް ޕެޓްރޯލް ޝެޑެއްގައި ޕެޓްރޯލް އެޅުމަށްޓަކައި ކިޔު ހަދާފައި -- ފޮޓޯ: މުހައްމަދު ޝަރުހާން

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 15 މާރޗް 2019 އިން ފެށިގެން ޑީސަލް ލީޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 60 ލާރި ބޮޑު ވާނެ ކަމަށާއި ފިއުލް ސްޓޭޝަންތަކުން ތެޔޮ ލިބެން ހުންނާނީ ޑިސަލް ލީޓަރެއް 11.61 ރުފިޔާ އަދި ޕެޓްރޯލް ލީޓަރެއް 10.79 ރުފިޔާ އަށް ކަމަށެވެ.

ސާފު ނުކުރާ ތެލުގެ އަގު މިއަހަރު ކުރީކޮޅުން ފެށިގެން 30 އިންސައްތަ ވަނީ ބޮޑުވެފައެވެ. މި އަހަރު ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އަދި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައެވެ.

މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާގެ އެނާރޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯރޓްގައިވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފައެވެ. މީގެ އިތުރުން އެމެރިކާއިން އަދި ވެސް އީރާން އާއި ވެނެޒުއާލާއަށް ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދާތީ އެމެރިކާއިން ބޭނުން ވަނީ އީރާންގެ އެކްސްޕޯޓް މެއި މަހުން ފެށިގެން ދުވާލަކު އެއް މިލިއަން ފިފާއަށް ދަށް ކުރުމަށެވެ. ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ތެޔޮ އުފެއްދުމާއި ބޭރު ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ ކުންފުނިތަކަށް ވެނެޒުއޭލާއާއެކު ވިޔަފާރި ކުރުން މަނާ ކޮށްފައެވެ.

ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާ ތާރީހް ލަސް ވާނެ ކަމަށް ލަފާކުރެވޭތީވެ ދުނިޔޭގެ ވިޔަފާރި އަދި އިގްތިސާދަށް މިވަގުތު އައިސްދާނެ ބަދަލުތައް ކުޑަވާނެ ކަމަށް ލަފާ ކުރެވެއެވެ. މިކަންކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސަރޕްލަސް މަދުވެގެން ދާނެކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ. ބާޒާރުގައި ތެލުގެ އަގު މި މަހުގެ 13 ވަނަ ދުވަހު ވަނީ 2018 ނޮވެމްބަރ ގައި ހުރި އަގަށް ވުރެން ވެސް މައްޗަށް ޖެހިފައެވެ. ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުގެ ބެންޗް މާރކް ގޮތުގައި ބެލެވޭ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއު.ޓީ.އައި) އަދި ބްރެންޓް ވިކިފައި ހުރީ އަގު ބޮޑުކޮށެވެ.

ދިވެހިރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮށެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށް ވެސް ބަދަލު އާދެއެވެ.

2019 ވަނަ އަހަރު ޖަނަވަރީ މަހުގައި އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. އެއަށް ފަހު ތެލުގެ އަގުތަކަށް ބަދަލު ގެނެސްފައި ވަނީ ފެބްރުއަރީ މަހު ގައެވެ. އެފަހަރު ބަދަލު ގެނެސްފައިވަނީ ހަމައެކަނި ޑީސަލް އަށެވެ.

އެސްޓީއޯއިން ބުނީ ތެލުން ބޮޑު ފައިދާ ނެގުމަކީ އެސްޓީއޯގެ އަމާޒު ނޫން ކަމަށާއި އެސްޓީއޯއިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގު ދެމިގެން ދާ ހާލަތުގައި ކަމަށެވެ. އަދި އަގު ހެޔޮ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯގެ އަމާޒުކަމަށް އެ ފަރާތުން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް