22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އެޗްޑީސީ

އެޗްޑީސީ އޮތީ އެއް ބިލިއަން ޑޮލަރުން ދަރާފައި: މިނިސްޓަރ ފައްޔާޒް

  • ރިޝްވަތު ނަގައިގެން ކޮންޓްރެކްޓަރުންލައްވައި މަޖްބޫރު ކޮށްގެން ފައިސާ ނަގާފައިވޭ: ފައްޔާޒް
  • ހައްލުކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ވިދާޅުވި
އަލީ ސަމާޚް | AliSamah8

| 15 މާރޗް 2019 | ހުކުރު 03:33 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- އާކައިވް

މިސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުވިއިރު އެ ކޯޕަރޭޝަން އޮތީ އެއް ބިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުންފުނީގެ މާލިއްޔަތުން ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހުޅުމާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ރައީސް ޔާމީންގެ ފޮޓޯޖެހި ބިލްބޯޑްތައް ޕްރިންޓްކޮށް، އޭގެ ފްރޭމް ހަދާފައިވަނީވެސް އެޗްޑީސީގެ ޚަރަދުގައެވެ.

އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަލީ ނިޔާޒް (ނިޔާ)ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވި، އިކޮނޮމިކް މިނިސްޓްރީގައި މިހާރު ކުރަމުންދާ މަސައްކަތަކީ، އެޗްޑީސީގައި ހިންގާފައި ހުރި ކަންތައްތައް ބަލައި އެކަންތައްތައް ހައްލު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހަމައެއާއިކު އެޗްޑީސީގެ ދަރަނި އޮތީ ބަޔަކަށް އިހްސާސް ނުކުރެވޭވަރަށް މައްޗަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ހަމަ އެކަނި ބޯހިޔާވަހިކަމުގެ ނަމުގައި އެކުންފުނިން ކޮށްފަ ހުރި ކަންތައްތަކުންވެސް އެއް ބިލިއަން ޑޮލަރާއި ގާތްކުރާ ވަރަށް އެޗްޑީސީ އޮތީ ދަރާފައި. ދަރާފައޭ އަޅުގަނޑު މިދަންނަވަނީ އެވަރުގެ ދަރަނި ނަގާފައި އޮތް ވާހަކަ'' ފައްޔާޒް ވިދާޅުވިއެވެ.  

ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ބުނެ ސަރުކާރުގެ އެކި ވުޒާރާތަކުގެ ނަމުގައި ބޮޑެތި އަގުގައި ކުދިކުދި އިމާރާތްތައް ހަދައިގެން އެޗްޑީސީއިން ރައްޔިތުންނަށް ހުވަފެންތައް ދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު އުފައްދަވާފައިވާ ''ފަހި ދިރިއުޅުން ކޯޕަރޭޝަން" އަކީ ރައްޔިތުންނަށް އުދަގޫތަކެއް ނެތި މިލްކު ކުރެވޭ ފްލެޓްތަކެއް ފޯރުކޮށްދޭނެ ކުންފުންޏަކަށް ވެގެންދާނެ ކަމަށާއި، އެ ފްލެޓް ތަކަކީ ތަނަވަސްކަމާއިއެކު ހިތްހަމަޖެހިގެން ރައްޔިތުންނަށް އުޅެވޭނެ ތަންތަނަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ވާހަކައަށް ބާރު ދެއްވައި މިނިސްޓަރ ވިދާޅުވީ، މިހާރު ހުރި ފްލެޓް ތަކާއި އަޅައި ބަލާއިރު އެ ފްލެޓްތައް އަގު ހެޔޮވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ''ހިޔާ މަޝްރޫއު'' އަށް އިޝަރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ، އެކަން ސިފަ ކުރައްވަނީ ކޮށްފައި އޮތް ވައްކަމެއް ގޮތުގައި ކަމަށާއި، ބޮޑެތި އަގުތައް ޖަހައިގެން ރިޝްވަތު ނަގައިގެން ކޮންޓްރެކްޓަރުން ލައްވާ މަޖްބޫރު ކޮށްގެން ފައިސާ ނަގާފައިވާ ކަމަށެވެ.

އެކަން ހައްލުކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ހޯދޭނެ ކަމުގެ ޔަގީން ކަން ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އެމްޑީޕީން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ''އެޖެންޑާ 19" ގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ގަބޫލު ނުކުރާ ހަމައެކަނި ކަމަކީ ''ނަޒާހާތްތެރި މަޖިލީހެއް'' އޮތުން ކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް