22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ޕެރަމޯޓަރ

ޕެރަމޯޓަރގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި

 • މިއީ އަލަށް ރާއްޖޭގައި ކުރިއަށް ގެންދެވުނު ހަރަކާތެއް
 • މި ހަރަކާތުގެ މެއިން ސްޕޮންސަރ އަކީ ދިރާގު
 • ޕެރަމޯޓަރގައި 1300 ކިލޯމީޓަރު ކަޑަތުކޮށްފައިވޭ
މިއުނާ ހަސަން | @miuna_hassan

| 15 މާރޗް 2019 | ހުކުރު 01:57 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ޕެރަމޯޓަރ ހަރަކާތުގެ ތެރެއިން -- ސްކައި ގާއިސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވުނު ޕެރަމޯޓަރ އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޓޫއަރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތް ސްޕޮންސަރ ކޮށްފައިވަނީ ދިރާގުންނެވެ.

މާރޗް މަހުގެ އެއްވަނަ ދުވަހުން 14 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިހަރަކާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖޭގައި ވައިގެ ކުޅިވަރުތަކަށް އާންމުންގެ މަގުބޫލުކަން ހޯދުމެވެ. ހާއްސަ ގޮތެއްގައި ޕެރަމޯޓަރ ރާއްޖެއަށް ތާރަފް ކުރުމެވެ.

ދިރާގުން ސްޕޮންސަރ ކުރި މި ހަރަކާތުގެ ޝިޔާރެއްގޮތުގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އެއްލާލެވޭ ޕްލާސްޓިކަށް ނޫނެކޭ ބުނުން ބޭނުންކޮށްފައިވާއިރު، ޕެރަމޯޓަރ ހަރަކާތުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ކޮތަޅު ވަނީ އާންމުނަށް ބަހާފައެވެ.

މި ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކޭތް ތެރިވި ފަރާތެއްކަމަށްވާ ޑޭވިޑް ހާރޑިންގްހަމް ބުނީ، ޕެރަމޯޓަރގައި 1،300 ކިލޯމީޓަރު ދަތުރު ކުރުމަކީ ތަފާތު ތަޖުރިބާއެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ ރާއްޖޭގައި މިފަދަ ހަރަކާތެއް ހިންގުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި، މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ތަފާތު ގޮތަކަށް ޕްރޮމޯޓް ވެގެންދާނެ ކަމަށެވެ.

ޑޭވިޑް އިތުރަށް ބުނެފައިވަނީ، މި ހަރަކާތުގައި އެންމެ އުނދަގޫ ކަމަކަށް ދިމާވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ޕެރަމޯޓަރ ޖައްސާނެ ހިކިފަސްތަނެއް ފެންނަން ނެތުން ކަމަށެވެ. އޭނާގެ ވާހަކަ ނިންމާލަމުން ބުނެފައިވަނީ ޕެރަމޯޓަރ ހަރަކާތުގެ ތެރެއިން މަޑުކުރި ރައްރަށުގެ ރައްޔިތުންގެ ފަރާތުން ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.

މި ހަރަކާތުގައި 12 ޕައިލެޓުން ޕެރަމޯޓާގައި އުދުހިފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރާއްޖެ ދައްކުވައިދޭ ފިލުމެއް ހެދޭނެ ކަމަށް ޕެރަމޯޓަރ ޕައިލެޓުން ކަމަށްވާ ޓިމް ގްރީން އަދި އެންޓް ގްރީން ވަނީ ބުނެފައެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން އަދާރަން ރިސޯޓުގައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދް ވިދާޅުވީ ޕެރަމޯޓަރ ހަރަކާތް ކުރިއަށް ގެންދިއުމުގެ ވިސްނުންއައީ އެބާފުޅާ ރައީސް ޔާމިން ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ސޯލްސްބެރީގައި ހުންނެވި ދުވަސްވަރު ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުޅިވަރު މުހިންމު ކަމަށެވެ. ޕެރަމޯޓަރ ހަރަކާތްފަދަ ހަރަކާތް ތަކުގެ ސަބަބުން ގިނަބަޔަކަށް ރާއްޖެ އިނގި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް