23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އައިޓީބީ ފެއަރ

ރާއްޖޭގެ އެއްބައިވަންތަކަން އައިޓިބީ ފެއަރގެ ތެރެއިން ދައްކާލައިފި

  • މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިން ބައިވެރިވޭ
ސިމާހާ ނަސީމް | sim_kamana

| 14 މާރޗް 2019 | ބުރާސްފަތި 23:39 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރާއްޖޭގެ އުފެންދުންތަކުގެ ރަހަ ފެއަރ އަށް ޒިޔާރަތް ކުރި ފަރާތަކުން ބަލަނީ -- އެމްއެމްޕީއާރްސީ

އައިޓީބީ ފެއަރ އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ. އެގޮތުން މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. އެއަރލައިން އޮޕަރޭޓަރުންނާއި ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކަށް މި ފެއަރ ވެގެންދާނީ އަގު ހުރި ފެއަރއަކަށެވެ. އެއީ މިފެއަރ އަށް ޒިޔާރަތްކުރާ މީހުން ގިނަވެފައި އެކި ޤައުމުތަކުގައި ވިޔަފާރީގެ ދާއިރާ ހަރަކާތްތެރިވާ ފަރާތްތަކާއި ފެއަރގެ ތެރެއިން ބައްދަލުވާތީއެވެ. މި ފެއަރ މި އަހަރުގެ މާރޗް މަހުގެ 5 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ޖަރުމަންވިލާތުގެ ބާލިންގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރާއްޖޭގެ ފަރާތުން ވެސް ވަނީ މި ފެއަރގައި ބައިވެރިވެފައެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން މި ފެއަރގައި ރާއްޖޭގެ ސްޓޯލް ޒީނަތްތެރި ކޮށްފައި ވަނީ ވަރަށް ފުރިހަމަކޮށެވެ. ރާއްޖޭގެ 105 ކުންފުންޏެއް ފެއަރގައި ބައިވެރިވެފައިވާއިރު އެ ކުންފުނިތަކުން މީޓިންތައް ކުރިއަށް ގެންދަން ވަކި ޖާގަ ދީފައިވެއެވެ. ލިޔެލާ ޖަހާތަން ވަގުތުން ފެންނަ ގޮތަށް ވަކި ސަރަހައްދެއް ކަނޑައަޅާފައިވާއިރު ރާއްޖޭގެ ރަހަތައް ވަގުތުން ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދެވިގެންދެއެވެ. އެގޮތުން ވަގުތުން މަސްހުނި ތައްޔާރު ކުރުމާއި ރޮށި ފިހުން ހިމެނެއެވެ. ފެއަރގެ ކުރިމަތިން އެމްއެމްޕީއާރްސީގެ މުވައްޒަފުން ފެއަރ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތުދޭއިރު އަރިމަތިން ހަދާފައިވާ ސްޓޭޖް ސަރަހައްދުން ގޮމަ ގްރޫޕާއި އިކުއިޓިކް ވައިބް ބޭންޑުން ރާއްޖޭގެ ރީތި ލަވަތަކާއި ފަރި ނެށުންތައް ދައްކުވައިދިނުމުގައި ހަރަކާތްތެރިވެއެވެ.

އެހެން ސްޓޯލްތަކާއި އަޅާބަލާއިރު ރާއްޖޭގެ ސްޓޯލުން ފާހަގަވި އެންމެ ތަފާތުކަމަކީ ރާއްޖޭގެ ސްޓޯލްގެ އެއްބައިވަންތަކަމެވެ.

ފެއަރ އަށް ޒިޔާރަތްކުރި ފަރާތްތަކާއި އޮތް ގުޅުން ބަދަހިކުރުމަށްޓަކައި ރާއްޖޭގެ ފަރާތުން ވަނީ ގިނަގުނަ މަސައްކަތްތައް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ސަޤާފީ ހެދުންކަމުގައި ލިބާހާ ފޭލީގެ ލުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މިކަން ވެގެންދިޔައީ ފެއަރ އަށް ޒިޔާރަތްކުރި ފަރާތްތަކަށް އެހާމެ ކަމުދިޔަ ތަފާތު އަދި އުފާވެރި ކަމަކަށެވެ.

ރާއްޖޭގެ ޓީމްގެ ފަރާތުން ފެނުނު އެންމެ އަޅައިގަންނަ މަންޒަރަކީ ރާއްޖޭގެ ސަޤާފީ ހަރަކާތްތައް ބަލަން ސްޓޯލަށް ޖަމާވެފައިވާ މީހުން ސްޓޭޖް މައްޗަށް އަރުވާ، އެމީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. ވަކި އުމުރަކަށް ބެލުމެއް ނެތި ރާއްޖޭގެ ޓީމުން ވަނީ އެ މީހުންނަށް އެއްބައިވަންތަކަމުގެ އިހްސާސް ކުރުވާދީފައެވެ. އިކުއިޓިކް ވައިބް ބޭންޑްގެ ފަރާތުން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ޖަރުމަން ބަހުން ލަވަ ހުށަހަޅައިދީފައެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން ބުނީ މި ފަހަރުގެ ފެއަރ ވަރަށް ކާމިޔާބުކަމަށާއި ގިނަ ކުންފުނިތަކުން ބައިވެރިވުމުން ޖާގައިގެ ދަތިކަން ކުޑަކޮށް އުޅުނު ކަމަށެވެ. ނަމަވެސް އެކަން ހައްލުކޮށް ފެއަރ މިއަށްވުރެ ވެސް ފުރިހަމައަށް ބާއްވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ރާއްޖޭގެ ޓީމްގެ ފަރާތުން މި ފެއަރގެ ތެރެއިން ފެނިގެން ދިޔައީ ވަރަށް އެކުވެރި އުފާވެރި މަންޒަރެކެވެ. އެއީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ޓީމްގެ ފަރާތުން ކުރިއަށް ގެންދިޔައި ފޮޓޯ ޝޫޓެވެ. ރާއްޖޭގެ ފަރާތުން މި ފެއަރގައި ބައިވެރިވި ހުރިހާ ކުންފުނިތަކުގެ އަންހެން ކަނބަލުން ވަނީ އެއްތަނަކަށް އެއްވެ ފޮޓޯ ނަގާފައެވެ. މިއީ މިކަހަލަ ފެއަރއެއްގެ ތެރެއިން އެންމެން ވެސް ދެކެން ބޭނުންވާނެ އުފާވެރި މަންޒަރެއްކަން ޔަގީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް