20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ގޯލާނުގެ އުސްބިންތައް

ގޯލާނުގެ އުުސްބިންތަކަކީ އިސްރާއީލުން ހިފާފައިވާ ތަނެއްކަމަށް އެމެރިކާއަކަށް ނުވި

  • އިސްރާއީލުން ގޯލާން ހިފާފައިވަނީ 1967ގެ ހަ ދުވަހުގެ ހަނގުރާމައިގައި
އަބުދުﷲ މުހައްމަދު | 8Abbo

| 14 މާރޗް 2019 | ބުރާސްފަތި 22:17 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރިޕަބްލިކަން ސެނޭޓަރ ލިންޑްސީ ގްރަހަމް، އަދި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވަ މަންދޫބު ޑޭވިޑް ފްރީޑްމަން ގޯލާން އުސް ބިިން -- ރޮއިޓަރސް

އެމެރިކާއިން ބުދަ ދުވަހު ނެރުނު އިންސާނީ ހައްގުތަކާ ބެހޭ އަހަރީ ރިޕޯޓްގައި ގޯލާނުގެ އުސް ބިންތަކުގެ ވާހަކަ އައިސްފައިވާއިރު "އިސްރާއީލުން ހިފާފައިވާ" މި ލަފްޒް ކަނޑާލާފައިވާކަން ފާހަގަވެއްޖެއެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ބަހުރުވައަށް ބަދަލު ގެނެސްފައި ވީނަމަވެސް ސިޔާސަތަށް ބަދަލު ނާންނަ ކަމަށެވެ.

ރިޕޯޓްގައި ގޯލާންގެ އުސް ބިންތަކަށް އިޝާރާތްކޮށް ބޭނުންކޮށްފައިވަނީ "އިސްރާއީލުން ކޮންޓްރޯލްކުރާ ގޯލާނުގެ އުސްބިންތައް" މިފަދައިންނެވެ.

މެދުއިރުމަތީގެ އެހާ ޚައްސާސް މައްސަލައެއްގައި އެފަދަ ބަދަލެއް ގެންނެވީ ކީއްވެތޯ ސުވާލު ދެންނެވުމުން އެމެރިކާގެ އޮފިޝަލު ވޮޝިންގޓަންގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިިދާޅުވީ އެ ސަރަހައްދާމެދު ދެކޭ ގޮތަށް އަދި ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި އެ ކަމަކީ މަޝްވަރާކޮށްގެން ހައްލުގެންނަން ޖެހޭކަމެއްކަން ފާހަގަކުރެއްވިއެވެ.

"މިއީކީ އިންސާނީ ހައްގުތަކާ ބެހޭ މައްސަލައެއް ނޫން މިއީ ގާނޫނީ ހައިސިއްޔަތުގެ މައްސަލައެއް" ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ޑެމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ލޭބަރ މައިކަލް ކޮޒަކް ވިދާޅުވިއެވެ.

ސުވާލުކުރި ނޫސްވެރިޔާއަށް އިޝާރާތްކުރައްވައި މައިކަލް ކޮޒަކް ވިދާޅުވީ ރިޕޯޓްގައި ބަލާލަން މަސައްކަތްކޮށްފައިވާނީ އެ ސަރަޙައްދުގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ކަމަށާއި "ހޯއްދަވަން ތި އުޅުއްވަނީ ތިޔަ ރިޕޯޓް ކުރައްވާ ތަން ސިފަ ކުރާ ގޮތް" ކަމަށެވެ.

ގޯލާނުގެ އުސްބިންތަކުގެ ބޮޑުބައެއް ސީރިޔާގެ އަތުން އިސްރާއީލުން ހިފާފައިވަނީ 1967ގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. އޭގެ ފަހުން 1981 ވަަނަ އަހަރު ހިފާފައިވާ ސަރަހައްދު އިތުރުކޮށްފައިވާއިރު އެ ތަނަކީ އިސްރާއީލުގެ ސަރަހައްދެއްކަމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލައެެއް ނުގަނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް