22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޝަރުއީ ދާއިރާގެ އިސް ވަފުދެއް ތުރުކީ ވިލާތަށް ޒިޔާރަތް ކުރައްވައިފި

  • މިއީ ތަޖުރިބާ ހޯދުމަށް ކުރާ ދަތުރެއް
  • ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް ފަންނީ އެހީތެރިކަން ހޯދާނެ
އަމްނާ އިމާދު | @amnabinthimad

| 14 މާރޗް 2019 | ބުރާސްފަތި 21:45 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ތުރިކީވިލާތުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވަނީ -- ޓްވިޓަރ

ތައުލީމާއި ތަޖުރިބާ ހޯދުމަށް ޝަރުޢީ ދާއިރާގެ އިސް ވަފުދެއް ތުރުކީ ވިލާތަށް ޒިޔާރަތް ކުރައްވައިފިއެވެ. 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މިމަހުގެ 9 އިން 16 އަށް ޝަރުއީ ދާއިރާގެ އިސް ވަފުދެއް ތުރުކީވިލާތަށް ކުރައްވާ މިދަތުރަކީ ޝަރުއީ ކޯޓުތަކާއި އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސް ނަންގައިގެން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތުގެ ދަށުން ކުރައްވާ ދަތުރެއް ކަމަށެވެ. 

މި ދަތުރަކީ، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ތަޢުލީމާއި ތަޖުރިބާ ހޯދުމަށާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްގީކުރުމާ ބެހޭގޮތުން އެކުލަވައިލެވިފައިވާ އިންސްޓިޓިޔުޝަނަލް ޑިވެލޮޕްމަންޓް ޕްލޭނުގައި ހިމެނޭ، އެކިއެކި ގައުމުތަކުގެ ޖުޑީޝަލް އެކަޑަމީތަކަށް ޒިޔާރަތްކޮށް އެ ތަންތަނާ ގުޅުން ބަދަހިކުރުމާއި، އެ ތަންތަނާ ގުޅިގެން ކޮންޓިނިޔުޑް ޖުޑީޝަލް ލީގަލް އެޑިޔުކޭޝަނުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަމާގުޅޭގޮތުން މަޝްވަރާކޮށް ތަޖުރިބާ ހޯދުމަށްޓަކައި ކުރާ ދަތުރެކެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މިދަތުރުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި، ތުރުކީ ވިލާތުގެ މަދަނީ އަދުލުގެ ނިޒާމް ހިނގާގޮތް ބަލައި ދިރާސާ ކުރުމާއި، ތުރުކީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަން ރޭވި ހިނގަމުންދާ ގޮތް ބަލައި ދިރާސާ ކުރުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަންނީ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ޖުޑީޝަލް ޓްރޭނިންގގެ މަސައްކަތްކުރާ މުއައްސަސާއާ ގުޅުން ބަދަހިކުރުމާއި، އެ މުއައްސަސާގެ އެހީތެރިކަން ހޯދުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ ޕްރޮގްރާމްތަކަށް އެ މުއައްސަސާގެ ފަންނީ އެހީތެރިކަން ހޯދުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނޭ ކަމަށެވެ. 

މި ދަތުރުގައި، ތުރުކީ ވިލާތުގެ މިނިސްޓްރީ އޮފް ޖަސްޓިސް އާއި، ތުރުކީ ވިލާތުގެ ޖަސްޓިސް އެކަޑަމީ އާއި، ކޯޓު އޮފް ކެސޭޝަން އާއި، ރީޖަނަލް ކޯޓު އޮފް އެޕީލް އާއި، ސިވިލް ކޯޓް އޮފް ފަސްޓް އިންސްޓެންސްގެ އިތުރުން، އޮފީސް އޮފް ދަ ޗީފް ޕްރޮސިކިއުޓަރ އަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ވަނީ ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް