22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އަހްމަދު މަހްލޫފް

މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނުބަލަން: އޭސީސީ

  • އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް ރާއްޖެއެމްވީ އަށް ވަނީ އެނގިފަ
އަލީ ސަމާޚް | AliSamah8

| 14 މާރޗް 2019 | ބުރާސްފަތި 20:16 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް -- ފޮޓޯ: ރާއްޖެ އެމްވީ

މަގާމުން އެކަހެރި ކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންނުދާ ކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ. 

އޭސީސީން އާންމު ކުރި އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ރިޕޯޓާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފު ގޭގައި މަޑުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ދައްކައެވެ. 

އެކަމާއި ގުޅިގެން އޭނާގެ އެއްވެސް މައްސަލައެއް ތަހްގީގު ކުރަމުންދޭތޯ އަދި އެފަދަ މައްސަލައަކާއި ގުޅިގެން ދައުވާ ކުރަމުންދޭތޯ ބެލުމަށް އަންގާރަ ދުވަހު މަހްލޫފް އޭސީސީ އަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ. އެ ސިޓީގެ ޖަވާބުގައި އެސީސީން މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަނުން ބަލާފައިނުވާ ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދީފައެވެ. އަދި އެފަދަ މައްސަލައެއް އެ ކޮމިޝަނުން  ބަލަމުން ނުދާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާ ކޮށްފައިވާ ފައިސާ ކަމަށް އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި މަހުލޫފް ވަނީ ވިދާޅުވެފައެވެ. 

އޭސީސީން ނެރުނު ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ. ހިޔާނާތްވީ 1.3 ބިލިއަން ރުފިޔާއަށް ވާ ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެސްއޯއެފް އިން ވަނީ އެ ފައިސާތައް އެކި އެކައުންޓްތަކަށް ޖަމާކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، މަޖިލިސް މެމްބަރުން އަދި ވިޔަފާރިވެރިން ވެސް ހިމެނެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް